logoEN
WAMCO TOP 1
ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލަށް 379 ބައިވެރިން ހޮވައިފި

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލަށް 379 ބައިވެރިން ހޮވައިފި

އަހުމަދު ޝުރާއު

logo

8/12/2026, 3:57:40 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރު ނިންމައި، އެ މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނު ބައިވެރިން ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިޢުލާނުކޮށްފިއެވެ.

THE TRAVELLER AD

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މި މުބާރާތުގެ އޮޑިޝަން ބުރު މި ދިޔަ ޖޫން މަހުގެ 4 އިން ފެށިގެން 15 ޖުލައި ގެ ނިޔަލަށް، މާލެއާއެކު ރާއްޖޭގެ ބާވީސް ސަރަޙައްދެއްގައި ބޭއްވިއެވެ. އޮޑިޝަން ބުރުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީކުރި 3050 ބައިވެރިންގެ ތެރެއިން 2742 ބައިވެރިން އޮޑިޝަން ބުރުގައި ކިޔަވާފައިވެއެވެ. އަދި ސެމީ ފައިނަލް ބުރަށް ހޮވިފައިވަނީ އޭގެ ތެރެއިން 379 ބައިވެރިންނެވެ.

އޮޑިޝަން ބުރާ ގުޅޭ ގޮތުން ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ބައިވެރިންނަށް ހުޅުވާލާފައެވެ. 16 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި އަންނަ ހަފްތާގައި ސެމީ ފައިނަލް ބުރަށް ހޮވިފައިވާ 379 ބައިވެރިންގެ ލިސްޓު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އާންމުކުރާނެއެވެ.

މީގެ ކުރިން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލް ކުރާ ގޮތަށް ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ ބައިވެރިވާން ބޭނުން ކޮންމެ ބައިވެރިޔަކަށް ފަރުދީ ގޮތުން ބައިވެރިވެގެން އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތަށް ބޭއްވޭ މުބާރާތެކެވެ. އަދި މި މުބާރާތަކީ މިގޮތަށް ބޭއްވޭ ފުރަތަމަ މުބާރާތެވެ. އަދި މި މުބާރާތުގައި ސެމީ ފައިނަލް ބުރަކާއި ފައިނަލް ބުރެއް އޮންނާނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ކިޔެވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 10 ސެޕްޓެންބަރު 2026 އިން ފެށިގެން 19 ސެޕްޓެންބަރު 2026 ގެ ނިޔަލަށް، މާލޭގައެވެ.

ކޮމެންޓް
ފަހުގެ
HDC