logoEN
WAMCO TOP 1
ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނުކުރަން ފަށައިފި

ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނުކުރަން ފަށައިފި

# ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނު

ކުއްލި ހާލަތުގައި ފުރަތަމަ އިޖާބަދޭ ފަރާތްތައް ތަމްރީނުކުރުމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ - އެންޑީއެމްއޭއިން ކުރިއަށް ގެންދާ ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް ތަމްރީން ކ. ގުރައިދޫގައި ފަށައިފިއެވެ.

THE TRAVELLER AD

މި ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 12 އިން 13އަށެވެ.

އެންޑީއެމްއޭއާއި ގުރައިދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މިތަމްރީނުގައި އެރަށު ކައުންސިލާއި މުއައްސަސާތައް ހިމެނޭހެން އެކި ދާއިރާތަކުން 30 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.

އެންޑީއެމްއޭގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށްރަށުގައިވެސް ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމް އެކުލަވާލުމެވެ. އަދި ކުއްލި ހާލަތުގައި ތަމްރީނުވެފައި ތިބި ފުރަތަމަ އިޖާބަދޭ ފަރާތްތައް ހުރިހާ ރަށެއްގައިވެސް ރަށު ފެންވަރުގައި ތިބުމަކީ މުހިންމުކަމެއް ކަމަށް އެ އޮތޯރިޓީން ދެކެއެވެ.އެންޑީއެމްއޭއިން ކުރިއަށްގެންދާ މިތަމްރީނުތައް ޔުނިސެފްގެ އެހީތެރިކަމާއެކު އިތުރު ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެއެވެ.މިތަމްރީނަކީ ރަށު ފެންވަރުގައި ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެ، ހޭލުންތެރި މަޖުތަމަޢެއް ބިނާކުރުމަށް ރަށު ފެންވަރުގައި އެންޑީއެމްއޭ އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ރެސިލިއަންސް ބިލްޑިންގ ޕްރޮގްރާމުގައި ހިމެނޭ މުހިއްމު ތަމްރީނެކެވެ.

ކޮމެންޓް
ފަހުގެ
HDC