logoEN
WAMCO TOP 1
މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފި

މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފި

ހުސައިން އަހްމަދު

logo

12/15/2025, 6:32:18 AM

# ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ# ސުނާމީ ކާރިސާ

ފޮޓޯ: ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (ޔުނެސްކޯ-އައިއޯސީ) އިން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކާ މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފިއެވެ.

THE TRAVELLER AD

މޯލްޑިވްސް ސުނާމީ ބޯޑު އެކުލަވާލީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ދަށުން އުފައްދާފައިވާ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައެވެ.

އެގޮތުން މިއަދު އެކުލަވާލި މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި ހިމެނެނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިތުރުން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްއާއި މިނިސްޓްރީ އޮފް ހެލްތް އާއި މިނިސްޓްރީ އޮފް ފިނޭންސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުންނެވެ.

އެގޮތުން މި ކޮމިޓި ޗެއާރކުރައްވާނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އަދި ވައިސް ޗެއަރއަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްއެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ސުނާމީ ރެޑީ ބޯޑު އެކުލަވާލުމުގެ މަޤްސަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގާ، އެޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުމެވެ. އެގޮތުން ޔުނެސްކޯއިން ކަނޑައަޅާފައިވާ މިންގަނޑުތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމާއެކު، މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.

undefined

ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ދިނުމުގައި ޔުނެސްކޯއިން ބަލާ ބައެއް ކަންތައްތަކުގެ ތެރޭގައި ކާރިސީ ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް އޮތުމާއި ކުއްލި ހާލަތުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި ކާރިސީ ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތާއި އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭގޮތަށް ރަށްރަށުގައި ފެންނަ ގޮތަށް ބެހެއްޓުންފަދަ ކަންކަން ހިމެނެއެވެ.

ޔުނެސްކޯއިން މި ޕްރޮގްރާމް އެހެން ގައުމުތަކުގައި ސުނާމީއަށް ހާއްސަކޮށްގެން ހިންގިކަމުގައިވީނަމަވެސް ރާއްޖޭގައި މި ޕްރޮގްރާމް ހިންގަނީ ސުނާމީގެ އިތުރުން ރާއްޖެއަށް ދިމާވާ އެހެނިހެން އަރައްކާތަކަށްވެސް ހޭލުންތެރިކަން އިތުރުކުރެވޭ ގޮތަށެވެ.

undefined

އެގޮތުން މި ޕްރޮގްރާމްގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސް، ކުޅުދުއްފުއްޓަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 2030 އަންނަންވާއިރަށް ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ހާސިލްކުރުމަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. އެހެން ކަމުން މިއީ ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނޭ މުހިއްމު ބައިނަލްއަޤުވާމީ ރެކޮގްނިޝަންއެކެވެ.

ކޮމެންޓް
ފަހުގެ
HDC