
ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން މުވައްޒަފުން އިސްނަގައިގެން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި
# ބީއެމްއެލްފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ރާއްޖޭގެ ތެކި ރަށްރަށުގައި ތައުލީމީ އަދި ތިމާވެށްޓާ ގުޅުންހުރި ކަންކަމަށް އެހީތެރިވުމުގެ ގޮތުން މުވައްޒަފުން އިސްނަގައިގެން ހިންގި ހަތް ޕްރޮޖެކްޓެއް ނިންމާލައިފިއެވެ.

މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި 2025 ވަނަ އަހަރު ތައާރަފުކުރި ގްރާންޓެކެވެ.
ގްރާންޓްގެ ދަށުން ނިންމި 7 ޕްރޮޖްޓަކީ:
1. ސ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފޮތް ކިޔުމަށް ހާއްސަ ތަނެއް ގާއިމްކުރުން - ބީއެމްއެލް މީދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގެ ދަށުން، ސްކޫލް ގޯތިތެރޭގައި ފޮތްކިޔުމާއި ގްރޫޕް ސްޓަޑީ ހެދުމަށް ހާއްސަކޮށް، ހިޔާކޮށްފައިވާ ބެންޗާއި މޭޒު ބަހައްޓައިގެން ސަރަހައްދެއް ވަނީ ޤާއިމުކޮށްފައެވެ.
2. ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަރިވަރުން ކުޅޭނެ ސަރަހައްދެއް ގާއިމްކުރުން – ބީއެމްއެލް ގުރައިދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގައި، ކުދިންނަށް ރައްކާތެރިކަމާއެކު، ކުޅެވޭނެ ވަސީލަތްތަކާއެކު ކުޅޭ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.
3. ގދ. އަތޮޅު ސްކޫލުގައި ބެންޗްތަކާއެކު މަޑުކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމްކުރުން– ބީއެމްއެލް ގައްދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގެ ދަށުން، ދަރިވަރުންނާއި، މުވައްޒަފުންނާއި، ބެލެނިވެރިން އަދި ސުކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިށީންނާނެ ބެންޗުތަކެއް ސުކޫލު ގޯތިތެރޭގައި ވަނީ ބަހައްޓާފައެވެ.
4. ދަރުމަވަންތަ ހޮސްޕިޓަލްގެ ސްޓޫޑަންޓް ރިސޯސް ހަބް – ބީއެމްއެލްގެ މުވައްޒަފު ހުސައިން އަލީ އިސްނަގައިގެން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން އަދި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިގެން ހިންގި މި މަޝްރޫއުގައި، މެޑިކަލް ދަރިވަރުންނަށް ހާއްސަކޮށް މެޑިކަލް ފޮތްތަކާއި، ޑިޖިޓަލް އުނގެނުމުގެ ވަސީލަތްތަކާއި، މައިކްރޯސްކޯޕް އަދި އެހެނިހެން ރިސޯސް ހިމެނޭ ހަބެއް ވަނީ ގާއިމުކޮށްފައެވެ.
5. ހއ. މުރައިދޫ ސުކޫލުގެ ވޯކްވޭ – ބީއެމްއެލްގެ މުވައްޒަފު މަރިޔަމް ހާނީ އިސްނަގައިގެން، މުރައިދޫ ސުކޫލުގެ ޕީޓީއޭއާ ގުޅިގެން ހިންގި މި މަޝްރޫއުގެ ދަށުން، ސުކޫލުގެ މުހިންމު ސަރަހައްދުތަކަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު ދެވޭނެ ގޮތަށް ހިނގާ މަގެއް (ވޯކްވޭ) ވަނީ ޤާއިމުކޮށްފައެވެ،
6. މުރަކަ މުރާސިލް ސިޓިޒަން ސައިންޓިސްޓްސް – ބީއެމްއެލްގެ މުވައްޒަފު އަހުމަދު މާއިދު މޫސާ، މުހައްމަދު ލޫތު ޚުޝާމް އަދި އާމިނަތު އިސްރާ ޖައުފަރު އިސްނަގައިގެން ހިންގި މި މަޝްރޫއުގައި، މުރަކަ ފަރުތައް ދިރާސާކުރުމަށް ބޭނުންކުރާ 60 ޓޫލްކިޓާއި އޮންލައިން ޑޭޓާ ޕްލެޓްފޯމެއް އުފައްދައި، ފަރުތަކުގެ މައުލޫމާތު އެއްކުރުމަށް މަދުވެގެން 20 ސިޓިޒަން ސައިންޓިސްޓުން ވަނީ ތަމްރީނުކޮށްފައެވެ.
7. ކުޑަހުވަދޫން ކުނި މަދުކުރުމުގެ ހަރަކާތް – ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން، ކުޑަހުވަދޫ ކައުންސިލާ ގުޅިގެން ހިންގި މި މަޝްރޫއުގެ ދަށުން، ކުނީގެ އިންސައްތަ މަދުކޮށް، ރީސައިކަލް ކުރުމުގެ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ދަޅު ފިއްތާ މެޝިނެއް ވަނީ ބަހައްޓާފައެވެ.
ބީއެމްއެލް އިން އަންނަނީ ސުކޫލުތަކާއި، ކައުންސިލްތަކާއި، ޖަމިއްޔާތަކާ ގުޅިގެން ތައުލީމާއި ތިމާވެށްޓާ ގުޅުން ހުރި ތަފާތު މަޝްރޫއުތައް ހިންގަމުންނެވެ.
ގުޅުންހުރި

ބީއެމްއެލްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން މުވައްޒަފުން އިސްނަގައިގެން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި

ޑޮލަރު ލިބޭ މިންވަރަކުން ކާޑުތަކުގެ ލިމިޓަށް ލުއިތަކެއް ދޭނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފި

އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންގެ މަޤާމަށް ބީއެމްއެލްގެ ސީއީއޯ




