logoEN
WAMCO TOP 1
ޑޮލަރު ލިބޭ މިންވަރަކުން ކާޑުތަކުގެ ލިމިޓަށް ލުއިތަކެއް ދޭނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފި

ޑޮލަރު ލިބޭ މިންވަރަކުން ކާޑުތަކުގެ ލިމިޓަށް ލުއިތަކެއް ދޭނެކަމުގެ ޔަގީންކަން ބީއެމްއެލްއިން ދީފި

އަހުމަދު ޝުރާއު

logo

8/11/2026, 11:55:01 AM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރުފައިސާގެ މުއާމަލާތްކުރާ ކަސްޓަމަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

THE TRAVELLER AD

ދައުލަތުގެ މީޑިޔާގެ ޒަރީއާއިން ގެނެސްދިން "އިގުތިސާދުގެ ދެފަރާތް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ މުޙައްމަދު ސައީދު ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު އޮންލައިން މަންސަތަކުން ވިޔަފާރިކުރުމުގެ އޮއިވަރު ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށެވެ. އެގޮތުން ކުރީގައި ކާޑުތަކުން ބޭރުފައިސާގެ މުއާމަލާތްކުރަނީ އެވެރެޖުކޮށް މަހެއްގެ މައްޗަށް 90،000 ކަސްޓަމަރުން ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު ބައެއް މަސްމަހުގައި 260،000 އިން ފެށިގެން 3 ލައްކަ ކަސްޓަމަރުންނަށް އަރާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވިގޮތުގައި، ބޭންކަށް ވިއްކޭ ޑޮލަރަކީ މަރުކަޒީ ބޭންކުން ވިއްކުމަށް ދޫކުރާ ޑޮލަރާއި، ބޭންކަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރާއި، އަދި ކަސްޓަމަރުން ބޭންކުގައި މާރުކުރާ ޑޮލަރެވެ. ރާއްޖޭގެ ބޭންކުތަކުގައި ކަސްޓަމަރުން ޑިޕޮސިޓުކޮށްފައި ހުރި ފައިސާގެ 50 އިންސައްތައަށްވުރެ ބޮޑު ނިސްބަތެއް ހުރީ ބީއެމްއެލްގައެވެ. ނަމަވެސް މިފައިސާއަކީ ކަސްޓަމަރުންނަށް ބޭރުފައިސާއިން ދޭ ހިދުމަތްތަކަށް ބޭނުންކުރާ ފައިސާއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމަރުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކުރެވޭ މިންވަރަކުން، ބީއެމްއެލްއިން ކަސްޓަމަރުންނަށް ޑޮލަރުން ދެމުންދާ ހިދުމަތްތައް އިތުރުކޮށް، ކާޑުތަކުގެ ޑޮލަރު މުއާމަލާތްތަކުގައި ހުރި ހިފަހެއްޓުންތައް ނުވަތަ ލިމިޓުތަކަށް ކުރިއަށް އޮތް ތަނުގައި ލުއިތަކެއް ދެމުންދާނެ ކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.

މީގެ އިތުރުން، ބީއެމްއެލްގެ މާލީ ހިސާބުތަކުން ދައްކާގޮތުން ވިޔަފާރިތަކަށް ޓީޓީ ހެދުމާއި އެނޫން މުއާމަލާތްތައް ކުރުމުގައި ބޭންކުން ދެމުންދާ އެހީތެރިކަން ވަނީ އެވެރެޖުކޮށް 10 އިންސައްތައިން 30 އިންސައްތައާ ހަމައަށް އިތުރުކުރެވިފައެވެ. އަދި ދިވެހި ރުފިޔާގެ އަގު ދަށްވުން ހުއްޓުވައި ޑޮލަރުގެ އަގު އުފުލޭ މިންވަރު ކުޑަކުރުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ވަނީ ބޭންކުތަކުން ބަހައްޓަންޖެހޭ ފައިސާގެ އެންމެ ކުޑަ މިންވަރު މަތިކުރުމާއި، އޯޕަން މާކެޓު އޮޕަރޭޝަންތައް އިތުރުކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮމެންޓް
ފަހުގެ
HDC