logoEN
WAMCO TOP 1
ރޭވިގެން ހިންގާ ކުށްތަކާއި މާލީ ކުށްތައް ތަހުގީގުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ނިއުޒިލެންޑާއިއެކު މަޝްވަރާކޮށްފި

ރޭވިގެން ހިންގާ ކުށްތަކާއި މާލީ ކުށްތައް ތަހުގީގުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ނިއުޒިލެންޑާއިއެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

8/10/2026, 10:34:32 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރ އަދި އިރެގިއުލަރ މައިގްރޭޝަން ލިއޭޒަން އޮފިސަރ، ޑިޓެކްޓިވް އިންސްޕެކްޓަރ މިސް ސޯނިއާ ޑަގްލަސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން މިހާރު ޤާއިމުކުރެވިފައިވާ ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ދެ ޤައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ނިއުޒީލަންޑް ފުލުހުންގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން، ރޭވިގެން ހިންގާ ކުށްތަކާއި މާލީ ކުށްތައް (ފިނޭންޝަލް ކްރައިމްސް) ތަހުގީގު ކުރުމުގައި ދެ ޤައުމު ގުޅިގެން އިތުރަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC