logoEN
WAMCO TOP 1
ޕައުޑަރ އާއި ލިކުއިޑް ޑިޓަރޖެންޓް: އެއްޗެހި ދޮންނަން އެންމެ އެކަށީގެންވަނީ ކޮން ވައްތަރެއްގެ ޑިޓަރޖެންޓެއް!

ޕައުޑަރ އާއި ލިކުއިޑް ޑިޓަރޖެންޓް: އެއްޗެހި ދޮންނަން އެންމެ އެކަށީގެންވަނީ ކޮން ވައްތަރެއްގެ ޑިޓަރޖެންޓެއް!

ސާރާ އަހުމަދު

logo

8/10/2026, 6:40:00 AM

# ލައިފްސްޓައިލް

-

އެއްޗެހި ދޮންނަން ބޭނުންކުރާ ޑިޓަރޖެންޓްތަކުގެ ތެރެއިން ޕައުޑަރ އާއި ދިޔާ ޑިޓަރޖެންޓް އާ ދެމެދު ހުރި ތަފާތުތަކަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

THE TRAVELLER AD

ފުރަތަމަ ކަމަކަށް ދިޔާ ޑިޓަރޖެންޓަށް ބަލާއިރު، މިއީ ތެލުގެ އަސަރު ހުންނަ ލައްތައް ފިލުވުމަށް އެންމެ އެކަށީގެންވާ ބާވަތެވެ. އަދި ފިނި ފެނުގައި ވެސް ފަސޭހައިން ދިޔާ ޑިޓަރޖެންޓް ގިރިގެންދާތީ، އެއްޗެހީގައި ޑިޓަރޖެންޓް ހަރުލާފައި ހުރުމުގެ ފުރުސަތު ކުޑަވެއެވެ.

މީގެ އިތުރުން މެޝިނަށް ލުމުގެ ކުރިން އަންނައުނުގައި ހުންނަ ހަނޑި ފިލުވަން ސީދާ އެތަނުގައި އުނގުޅާލަން ވެސް މިއީ ފަސޭހަ އެއްޗެކެވެ. ނަމަވެސް، މިއީ އަގުގެ ގޮތުން ބަލާއިރު ތަންކޮޅެއް ބޮޑު އެއްޗެކެވެ.

ޕައުޑަރ ޑިޓަރޖެންޓަކީ ވެލި، މަށި، އަދި ވިނަ ފަދަ ތަކެތިން ހޭކިފައި ހުންނަ ބޯ ލައްތައް ފިލުވުމަށް އެންމެ މޮޅު ބާވަތެވެ. މިއީ ލިކުއިޑަށް ވުރެ އަގުހެޔޮކޮށް ލިބޭ އެއްޗެކެވެ. އެހެންނަމަވެސް، ފިނި ފެނުގައި ދޮންނައިރު އެއްކޮށް ނުގިރިއްޖެނަމަ އަންނައުނުގައި ހުދު ކުނޑިތަކެއް ހަރުލާފައި ހުރުމަކީ މީގެން ދިމާވެދާނެ މައްސަލައެކެވެ.

އެހެންކަމުން، މާހިރުން ލަފާދޭ ގޮތުގައި މި ދެ ބާވަތުންކުރެ ބޭނުންކުރާނެ އެއްޗެއް ކަނޑައަޅާނީ ދޮންނަން ބޭނުންވާ އަންނައުނުގައި ހުންނަ ލައްތަކުގެ ބާވަތަށާއި، ބޭނުންކުރާ ފެނުގެ ފިނިހޫނުމިނަށް ބަލައިގެންނެވެ.

ކޮމެންޓް
ފަހުގެ
HDC