logoEN
WAMCO TOP 1
އިސްލާމިކް ފައިނޭންސަށް ލޯނު ބަދަލުކޮށް، ކްރެޑިޓް ރިކޯޑު ރަނގަޅުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން އޯޕަންޑޭއެއް

އިސްލާމިކް ފައިނޭންސަށް ލޯނު ބަދަލުކޮށް، ކްރެޑިޓް ރިކޯޑު ރަނގަޅުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން އޯޕަންޑޭއެއް

އަހުމަދު ޝުރާއު

logo

8/9/2026, 11:01:44 AM

# އެސްއެމްއީ ޑިޖިޓަލް

-

އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށްޓަކައި ޚާއްޞަ އޯޕަންޑޭއެއް މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

THE TRAVELLER AD

ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ އެދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މި އޯޕަންޑޭގެ މައިގަނޑު މަގުސަދަކީ އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ އާންމު ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވަގުތުން ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މި ބަދަލު ގެނައުމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިންގ އޮފާތައް ފޮނުވާފައެވެ.

މި ހަރަކާތަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ލިބިފައިވާ އޮފާތަކުގެ ތަފްސީލުތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އޮފާ ގަބޫލުކުރައްވާ ފަރާތްތަކަށް އެތަނުން އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ އެއްކޮށް ނިންމާލެވޭނެއެވެ. މި ހިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު، އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށްޓަކައި ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ގެންނަން ވާނެކަމަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ އިރުޝާދު ދީފައެވެ.

ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސް ފެސިލިޓީތަކަށް ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި، އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލެވި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމާއެކު، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވެގެންދިއުން ހިމެނެއެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށްވެސް މިއީ ރަނގަޅު ފުރުސަތެކެވެ. އެފަދަ ފަރާތްތަކުން އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިފިނަމަ، އެ ފަރާތްތަކުގެ ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމަށް ކަސްޓަމަރުންނަށް މަގުފަހިވެގެންދާނެ ކަމެކެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނާ ގޮތުގައި، މި ބަދަލަކީ އެ ކުންފުންޏަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް
ފަހުގެ
HDC