logoEN
WAMCO TOP 1
'ލޮކް އަޕް 2' ގެ ކާމިޔާބީއަށްފަހު ޝްރެޔާ ކާލްރާ ބިގް ބޮސް 20 އަށް؟

'ލޮކް އަޕް 2' ގެ ކާމިޔާބީއަށްފަހު ޝްރެޔާ ކާލްރާ ބިގް ބޮސް 20 އަށް؟

ސާރާ އަހުމަދު

logo

8/9/2026, 5:50:47 PM

# ބޮލީވުޑް

--

މަޝްހޫރު ރިއަލިޓީ ޝޯ 'ލޮކް އަޕް 2' ކާމިޔާބުކުރި ސޯޝަލް މީޑިއާ އިންފްލުއެންސަރ ޝްރެޔާ ކާލްރާ، ކުރިއަށް އޮތް 'ބިގް ބޮސް 20' ގައި ބައިވެރިވާން އުޅޭކަމަށް ފެތުރުނު އަޑުތައް އޭނާ ދޮގުކޮށްފިއެވެ.

THE TRAVELLER AD

ޝްރެޔާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވޮއިސް ނޯޓެއްގައި ޝްރެޔާ ވަނީ ބިގް ބޮސްގެ މި ސީޒަނުގައި އޭނާ ބައިވެރިނުވާނެކަން ޔަގީންކޮށްދީފައެވެ.

ސަޕޯޓަރުން ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެމުން ޝްރެޔާ ބުނިގޮތުގައި އޭނާ ދާދި ފަހުން ބައިވެރިވި"ލޮކް އަޕް 2" އަށްފަހު އަދި، މިވަގުތު އިތުރު ރިއަލިޓީ ޝޯއެއްގައި ބައިވެރިއެއްގެ ގޮތުގައި ވާދަކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ. އަދި ރިއަލިޓީ ޝޯތަކަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމަކަށްވާތީ، މިވަގުތަށް ބޭނުންވަނީ އަރާމުކޮށްލަން ކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް، ޝޯއެއް ހޯސްޓްކުރުމަށް ނުވަތަ މެންޓަރ އެއްގެ ގޮތުގައި ފުރުސަތު ލިބިއްޖެނަމަ އެކަން ކުރަން ވަރަށް ޝައުގުވެރިވާކަމަށް ޝްރެޔާ ވަނީ ބުނެފައެވެ.

ޝިވާންގީ ޖޯޝީ، ޝިލްޕާ ޝިންޑޭ އަދި ރާމް ކަޕޫރު ފަދަ މަޝްހޫރު ތަރިންނާ ވާދަކޮށް ޝްރެޔާ 'ލޮކް އަޕް 2' ކާމިޔާބުކުރިއިރު، އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 ކްރޯޑު ރުޕީސް ލިބިފައެވެ.

ކޮމެންޓް
ފަހުގެ
HDC