.jpeg&w=3840&q=75)
--
'ސައިޔާރާ' އިން މަގުބޫލުކަން ހޯދި އަހާން ޕާންޑޭގެ ދައްތަ، އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރ އަލާނާ ޕާންޑޭ، އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފިއެވެ.

އަލާނާ އާއި އޭނާގެ ފިރިމީހާ އައިވަރ މެކްރޭ މި އުފާވެރި ޚަބަރު އާންމުކޮށްފައިވަނީ އަލާނާގެ އިންސްޓަގްރާމް އެކައުންޓުން ހިއްސާކުރި ވަރަށް ލޯބި ވީޑިއޯއަކާ އެކުގައެވެ.
އާއިލާއާއެކު ނަގާފައިވާ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ މި ވީޑިއޯގެ ކެޕްޝަންގައި އަލާނާ ލިޔެފައިވަނީ "ލޯބިވާން އިތުރު އެއް ކުއްޖަކު" މިހެންނެވެ.
މި ޕޯސްޓާއެކު، އަހާން ޕާންޑޭ ހިމެނޭހެން އާއިލާގެ މެމްބަރުންނާއި، ބޮލީވުޑްގެ އެކުވެރިންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ކޮމެންޓް ސެކްޝަންގައި މި ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.
އަލާނާ އާއި އައިވަރ ކައިވެނިކުރީ 2023 ވަނަ އަހަރުގެ މާޗު މަހުގައެވެ. އަދި 2024 ވަނަ އަހަރު މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބިފައިވާއިރު، އާއިލާއަށް އަނެއްކާވެސް އައު މެމްބަރަކު އިތުރުވާކަމުގެ ޚަބަރާއެކު ސޯޝަލް މީޑިއާގައި މި ވާހަކަ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
އަލާނާ އަކީ އޭނާގެ ދިރިއުޅުމުގެ ގިނަ ކަންކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އަބަދުވެސް އޭނާގެ ފޭނުންނާ ހިއްސާކުރަމުން އަންނަ ފަރާތެކެވެ.




.jpeg&w=3840&q=75)

