logoEN
WAMCO TOP 1
އިންޓަނެޓުގެ ނުރައްކާތަކުން ކުދިން ރައްކާތެރިކުރާނެ ގޮތްތަކަށް ދުވާފަރުގެ 64 ބެލެނިވެރިއަކު އަހުލުވެރިކޮށްފި

އިންޓަނެޓުގެ ނުރައްކާތަކުން ކުދިން ރައްކާތެރިކުރާނެ ގޮތްތަކަށް ދުވާފަރުގެ 64 ބެލެނިވެރިއަކު އަހުލުވެރިކޮށްފި

އަހުމަދު ޝުރާއު

logo

8/9/2026, 8:20:32 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އިންޓަނެޓްގެ މާހައުލުގައި ކުޑަކުދިންނަށް ކުރިމަތިވެދާނެ އެކި ކަހަލަ ނުރައްކާތަކުން އެކުދިން ރައްކާތެރިކުރުމަށާއި، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކަށް ބެލެނިވެރިން އަހުލުވެރިކުރުމުގެ މަގުސަދުގައި "ރައްކާތެރި އިންޓަނެޓް - މާދަމާގެ މުސްތަގުބަލު" ނަމުގައި ރ. ދުވާފަރުގައި ހޭލުންތެރިކުރުމުގެ ޚާއްޞަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

THE TRAVELLER AD

މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ސައިބަރ ސެންޓަރާއި، ދުވާފަރު ޕޮލިސް ސްޓޭޝަނާއި، ދުވާފަރު ކައުންސިލްގެ އިތުރުން ދުވާފަރު ޕްރައިމަރީ ސުކޫލާއި ޓައިނީ ސްޓަރ ޕްރީ ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޖުމްލަ 64 ބެލެނިވެރިން ބައިވެރިވި މި ވޯކްޝޮޕްގައި، ދަރިން ބޭނުންކުރާ އިލެކްޓްރޯނިކްސް ޑިވައިސްތައް މޮނީޓަރކުރާނެ ގޮތްތަކާއި، ފޯނުތަކުގެ ސެކިއުރިޓީ ފީޗާތައް ބޭނުންކޮށްގެން އެކި އެޕްލިކޭޝަންތަކުގެ ސެޓިންގސް ރައްކާތެރިކަމާއެކު ހަދާނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން ކުދިން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިން އަދާކުރަންޖެހޭ ދައުރާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެގޮތުން، ސޯޝަލް މީޑިއާއިން ބައްދަލުވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި، ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތި އެއްވެސް މީހަކާ ހިއްސާނުކުރުމަށް ދަރިންނަށް ނަސޭހަތްތެރިވުމުގެ މުހިންމުކަން ބެލެނިވެރިންނަށް އޮޅުންފިލުވައިދިނެވެ. އަދި ގްރޫމްކުރުމާއި ބްލެކްމެއިލްކުރުން ފަދަ ސީރިއަސް ކަމެއް ކުރިމަތިވެއްޖެނަމަ، އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ކުދިންނަށް ބާރުއެޅުމަށްވެސް މި ވޯކްޝޮޕްގައި އިރުޝާދު ދީފައިވެއެވެ.

މި ވޯކްޝޮޕްގެ ތެރެއިން ބެލެނިވެރިންނަށް ދެވުނު މައުލޫމާތުތައް އަމަލީ ގޮތުން ބޭނުންކުރަން އެނގިފައިވާ މިންވަރު ދެނެގަތުމަށް ގްރޫޕް މަސައްކަތްތަކާއި މަޝްވަރާތައް ބޭއްވުނެވެ. މިއީ ޓެކްނޮލޮޖީއަށް އަހުލުވެރިވަމުން އަންނަ ޖީލެއް ބިނާވަމުންދާއިރު، ކުޑަކުދިން ސައިބަރ ކްރައިމްތަކާއި އޮންލައިން ނުރައްކާތަކުން ރައްކާތެރިކުރުމަށްޓަކައި މުއައްސަސާތައް ގުޅިގެން ރަށްރަށުގައި ހިންގާ މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު މުހިންމު ހަރަކާތެކެވެ.

ކޮމެންޓް
ފަހުގެ
HDC