logoEN
WAMCO TOP 1
ޔޫއޭއީގެ ޕެޓްރޯލިއަމް ސައިޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ: ތުހުމަތު އިރާނަށް!

ޔޫއޭއީގެ ޕެޓްރޯލިއަމް ސައިޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ: ތުހުމަތު އިރާނަށް!

އަހުމަދު ޝުރާއު

logo

5/4/2026, 3:32:59 PM

# ޔޫއޭއީ

-

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ޕެޓްރޯލިއަމް ސައިޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ އެވެ.

THE TRAVELLER AD

ރިޕޯޓުތައް ބުނާގޮތުގައި ޔޫއޭއީގެ ފުޖެއިރާ ޕެޓްރޯލިއަމް ސައިޓަކަށް އަމާޒުވެފައިވަނީ އިރާނުން ފޮނުވާލި ޑްރޯން ހަމަލާއެކެވެ.

މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އިރާނުން ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.

ހަމަލާގައި ޕެޓްރޯލިއަމް ސައިޓަށް ލިބުނު ގެއްލުންތައް ކަމަށް ބެލެވޭ ފޮޓޯތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި ހަމަލާއާއި ގުޅިގެން އެސައިޓުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ކަޅު ދުންތަކެއް މުޅި ސަރަހައްދަށް ފަތުރެމުންދާ މަންޒަރުތައް ފެންނަ ފޮޓޯތަކެއް ވެސް ހިމެނެއެވެ.

މި ހަމަލާދިންތާ އިރުކޮޅެއް ފަހުން ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ އިރާނުން ފޮނުވާލި މިސައިލްތަކަކަށާއި ޑްރޯންތަކެއް ހުއްޓުވުމަށް އެގައުމުގެ ދިފާއީ ނިޒާމުތަކުން މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް ތިން ހަމަލާއެއް ކާމިޔާބުކަމާއިއެކު ހުއްޓުވާފައިވާކަން ޔޫއޭއީގެ ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އިރާނުން ކުއްލި ގޮތަކަށް ޔޫއޭއީއަށް ހަމަލާތަކެއް ދޭން ފެށި ސަބަބެއް ސާފުވެފައިނުވާއިރު އެމެރިކާއިން ހޯރްމޫޒް ކަނޑުއޮޅީގައި އިރާނަށް ދަތިކުރުމަށް އަޅަމުންދާ އަސްކަރީ ފިޔަވަޅުތަކާއިއެކު އިރާނުން ވަނީ އެމެރިކާއަށް ހަމަލާތައް ދޭނެކަމުގެ ނުސީދާ އިންޒާރުވެސް ދީފައި އެވެ.

ޔޫއޭއީއަކީ އެމެރިކާގެ އަސްކަރީ ބޭސްއެއް ހުންނަ ގައުމަކަށް ވާއިރު މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިރާނާއި އިސްރާއީލް އަދި އެމެރިކާއާއި ދެމެދު ފެށި ހަނގުރާމާގައި އިރާނުގެ ވަރުގަދަ ހަމަލާތަކެއް މީގެ ކުރީންވެސް ވަނީ ޔޫއޭއީއަށް އަމާޒުވެފައި އެވެ.

ކޮމެންޓް
ފަހުގެ
HDC