logoEN
WAMCO TOP 1
ޔާމީނަށް ރައްދުދެއްވައި ޝުޖާއު: "ކުރިން ރައީސް މުޢިއްޒުގެ ތެދުވެރިކަމަށް ތައުރީފުކުރައްވާފައި، މިއަދު ދެކޮޅުނުޖެހޭ ވާހަކަ ނުދައްކަވާ"

ޔާމީނަށް ރައްދުދެއްވައި ޝުޖާއު: "ކުރިން ރައީސް މުޢިއްޒުގެ ތެދުވެރިކަމަށް ތައުރީފުކުރައްވާފައި، މިއަދު ދެކޮޅުނުޖެހޭ ވާހަކަ ނުދައްކަވާ"

އަހުމަދު ޝުރާއު

logo

8/8/2026, 9:02:27 AM

# އިބްރާހިމް ޝުޖާއު

-

ކުރީގެ ރައީސް ޢަބްދުއްﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގެވި ބިޔަ މަޝްރޫޢުތަކުގައި އޭރުގެ ހައުސިންގ މިނިސްޓަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމިއްލަފުޅު ދައުރެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

THE TRAVELLER AD

'ސަންގު ޓީވީ' ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކުރިއަށްގެންދިޔަ އެއްވެސް މަޝްރޫޢަކީ ރައީސް މުޢިއްޒު އަމިއްލަފުޅަށް ފަރުމާކުރެއްވި ނުވަތަ 'އޮރިޖިނޭޓް' ކުރެއްވި މަޝްރޫޢުތަކެއް ނޫން ކަމަށެވެ. އަދި ބޮޑެތި މަޝްރޫޢުތަކުގެ އިސްނެގުމާއި ރޭވުންތައް ރޭވީ ސީދާ ރައީސް އޮފީހުން ކަމަށްވިދާޅުވެ، ސަލްމާން މިސްކިތުގެ ކުލައާއި ތަށިމުއްޓަށް ދާންދެން ނިންމެވީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުޢިއްޒަށް ލިބެންޖެހޭ ކްރެޑިޓް ލިބޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅުތަކަށް ރައްދުދެއްވައި އިބްރާހީމް ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައިވެސް ޙަޤީޤަތާ ޚިލާފު ވާހަކަތައް ދެއްކެވުމުން ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށެވެ.

އަދި މީގެ ކުރިން ރައީސް ޔާމީން ވަނީ ރައީސް މުޢިއްޒުގެ ޤާބިލުކަމުގެ ވާހަކަފުޅާއި، އެމަނިކުފާނާ ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ނިންމެވިކަމަށް ވިދާޅުވެފައިކަން ޝުޖާއު ހަނދާންކޮށްދެއްވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަކީ ޤާބިލު ބޭފުޅެއް ނޫން ކަމަށާއި ފަރުމާކުރުމުގެ ހުނަރުނެތް ބޭފުޅެއް ކަމަށް ވިދާޅުވާއިރު، ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުގައި ކެބިނެޓްގައި ރައީސް މުޢިއްޒު ބޭންދެވީ ކީއްވެގެންތޯ ސުވާލުު އުފެދޭ ކަމަށެވެ. އަދި އެކަމުގައި ދެކޮޅުނުޖެހޭ ވާހަކަތައް ނުދެއްކެވުމަށްވެސް ޝުޖާއު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC