logoEN
WAMCO TOP 1
ސައުދީ، ޕާކިސްތާން އަދި ތުރުކީ ގުޅިގެން ސޮއިކުރި ދިފާޢީ މުޢާހަދާއާއެކު މެދުއަރާމަތީގެ ބާރުގެ މިސްރާބު ބަދަލުވަނީ!

ސައުދީ، ޕާކިސްތާން އަދި ތުރުކީ ގުޅިގެން ސޮއިކުރި ދިފާޢީ މުޢާހަދާއާއެކު މެދުއަރާމަތީގެ ބާރުގެ މިސްރާބު ބަދަލުވަނީ!

އަހުމަދު ޝުރާއު

logo

8/8/2026, 8:53:16 AM

# ސައުދީ އަރަބިއްޔާ

-

މެދުއަރާމަތީގައި މަޝްރަހު ހޫނުވެ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީ ޢަރަބިއްޔާއާއި ޕާކިސްތާން އަދި ތުރުކީވިލާތުން ގުޅިގެން ދިފާޢީ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

THE TRAVELLER AD

"މައްކާ ޖޮއިންޓް ޑިޓަރެންސް އެގްރީމަންޓް" ގެ ނަމުގައި ސައުދީގެ މުޤައްދަސް ރަށް މައްކާގައި ހުކުރު ދުވަހު ސޮއިކުރި މި މުޢާހަދާގައި ސޮއިކުރެއްވީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އަލް-އުރުދޫޣާން، ސަޢޫދީގެ ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ޢުދުންވާނީ ޢަމަލަކުން ރައްކާތެރިވުމަށް ގުޅިގެން ދިފާޢީ ފިޔަވަޅުތައްެ އެޅުމެވެ. އެގޮތުން، މި ތިން ޤައުމުން ކުރެ އެއް ޤައުމަކަށް ދެވޭ ޙަމަލާއަކީ ތިން ޤައުމަށްމެ ދެވޭ ޙަމަލާއެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ތިން ޤައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދިފާޢީ އެއްބަސްވުމަކީ ތިން ޤައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމާއި، އިސްލާމީ އުޚުއްވަތްތެރިކަމާއި، އަދި ޙިއްޞާކުރާ އިސްތިރާޖީ މަޞްލަޙަތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މިއީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ތިން ޤައުމުން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި ތާރީޚީ އެއްބަސްވުން އެކުލަވާލާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި، އެޤައުމުގެ ސިފައިންގެ ވެރިޔާ ޢާޞިމް މުނީރު ސަޢޫދީއަށް ވަޑައިގެން ޢުމުރާގެ އަޅުކަން ފުރިހަމަކުރެއްވިތާ ދުވަހެއް ފަހުންނެވެ. އަދި ތުރުކީގެ ރައީސް އަލް-އުރުދޫޣާންވެސް ވަނީ ހުކުރު ދުވަހު ސަޢޫދީއަށް ވަޑައިގެން ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC