
އޭޕީއެފްގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުންގެ ބައްދަލުވުމުގެ ރިޔާސަތު އެޗްއާރުސީއެމްގެ އެސްޖީ ބަލަހައްޓަވައިފި
# އެޗްއާރުސީއެމް-
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ޝަހީން ނަޖުމީ، އޭޝިއާ ޕެސިފިކް ފޯރަމް އޮފް ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންސް (އޭ.ޕީ.އެފް) ގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުންގެ (އެސް.އީ.އޯ) ނެޓްވޯކް ސީރީޒްގެ ދެވަނަ ވާޗުއަލް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.

"މުވައްޒަފުން ތަރައްޤީކުރުމުގެ ތެރެއިން އިދާރީ ހިންގުން ހަރުދަނާކުރުން" މި މައުޟޫޢުގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ޤައުމީ އިންސާނީ ޙައްޤުތަކާ ބެހޭ މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށްޓަކައި، އެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.
އޭ.ޕީ.އެފް އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމީ އިންސާނީ ޙައްޤުތަކާ ބެހޭ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އެހީތެރިވެދޭ ސަރަޙައްދީ ނެޓްވޯކެކެވެ. އޭ.ޕީ.އެފްގެ މެންބަރެއްގެ ހައިސިއްޔަތުން، އެޗް.އާރް.ސީ.އެމް އިން ދަނީ މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށާއި މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދޭ ސަރަޙައްދީ ޕްލެޓްފޯމްތަކުގައި ބައިވެރިވަމުންނެވެ.
އޭ.ޕީ.އެފް ސީނިއަރ އެގްޒެކެޓިވް އޮފިސަރުންގެ (އެސް.އީ.އޯ) ނެޓްވޯކް ސިލްސިލާ ބައްދަލުވުންތަކަކީ އޭ.ޕީ.އެފްގެ މެންބަރު މުއައްސަސާތަކުގެ އިސް އޮފިސަރުންނަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށާއި، ތަޖުރިބާ ހިއްސާކުރުމަށާއި، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ އަމަލީ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ޚާއްޞަ ކުރެވިފައިވާ ބައްދަލުވުންތަކެކެވެ.
މި ސެޝަނަކީ ސަރަޙައްދުގެ އެކި މުއައްސަސާތަކުގެ މެދުގައި އަމަލީ ތަޖުރިބާ ބަދަލުކުރުމަށާއި، އެތެރޭގެ ހިންގުން ހަރުދަނާކޮށް މުއައްސަސާގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް އެޗްއާރްސީއެމުން ބުނެއެވެ.
ގުޅުންހުރި

އޭޕީއެފްގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުންގެ ބައްދަލުވުމުގެ ރިޔާސަތު އެޗްއާރުސީއެމްގެ އެސްޖީ ބަލަހައްޓަވައިފި
.jpg&w=3840&q=75)
އެޗްއާރުސީއެމާއި މެލޭޝިއާގެ ސުހާކަމްއާ ދެމެދު 'ޖޮއިންޓް ހައި-ލެވެލް ޑައިލޮގް' ބާއްވައިފި

އެޗްއާރުސީއެމްގެ ރައީސްގެ މަގާމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި




