logoEN
Sto top
އެޗްއާރުސީއެމްގެ ރައީސްގެ މަގާމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

އެޗްއާރުސީއެމްގެ ރައީސްގެ މަގާމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި

# ރައީސް ޑރ. މުޢިއްޒު# އެޗްއާރުސީއެމް# ޑރ. ރަމީލާ

ފޮޓޯ: ރައީސް އޮފީސް

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ.

Wamco

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ގ.އާބިން، ޑޮކްޓަރ ޢާއިޝަތު ރަމީލާ މިއަދު ޢައްޔަންކުރައްވާފައިވާ ކަމަށެވެ.

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހު ބޭއްވި ޖަލްސާއެއްގައެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާގައި 38 މެންބަރުންގެ އިއްތިފާގުންނެވެ.

ކުރީން މިނިސްޓަރުކަން ކުރެއްވި ޑރ. ރަމީލާގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުކަމުން އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވާއިރު، ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާގެ އިތުރުން ދެން އެކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމްއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC