
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް "އަވަސް ފުރުސަތެއްގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި" ކެންސަލް ކުރައްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މި ނިންމެވުމަކީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ޓްރަމްޕާ ފޯނުން ގުޅުއްވައި ވާހަކަދައްކަވަމުން، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ މަސްރަހު ފިނިކުރުމަށްޓަކައި މަޝްވަރާއަށް އިސްކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަލީއަހުދު ބާރުއަޅުއްވާފައިވަނީ "ޑިޕްލޮމެޓިކް ހައްލުތަކަށް މަގުފަހިވާނެ ފަދަ ހަމަޖެހުމެއް ގާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގެ މުހިންމުކަމުގެ" މައްޗަށެވެ.
މި ދަނޑިވަޅުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާ ނުވަތަ އިސްރާއީލުން ދޭ ކޮންމެ "އުދުވާނީ ހަމަލާއަކަށް" ވަރުގަދަ އަދި އެކަށީގެންވާ ރައްދެއް އީރާނުން ދޭނެ ކަމަށެވެ. މިއީ ސަރަހައްދީ ހަމަނުޖެހުމެއްގެ ބިރު އޮތްކަން ހާމަކޮށްދޭ ކަމެކެވެ.
ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، މިއަދު ފަތިހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލު ސިފައިން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން މަދުވެގެން 14 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
ގުޅުންހުރި

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލް ކުރައްވައިފި

އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށެއް: އެޗް.އާރު.ޑަބްލިއު

ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާނުކޮށްފި





