logoEN
WAMCO TOP 1
ފިއްލަދޫގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފިއްލަދޫގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

# ހއ. ފިއްލަދޫ# ޓްރާންސްޕޯޓް މިނިސްޓްރީ

ފޮޓޯ: މިނިސްޓްރީ

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

THE TRAVELLER AD

ފިއްލަދޫގައި ހޭންޑްބޯލް ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ.

ފިއްލަދޫގައި ހޭންޑްބޯލް ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ފިއްލަދޫގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ފަޔާޒުއެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރުއެވެ.

މެގަލިންކްސްއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައިމަސައްކަތް ނިންމުމަށެވެ. މިމަސަކަތުގެ ޖުމުލަ އަގަކީ އެއްމިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިންރުފިޔާ ފަންސާސް ހަލާރިއެވެ.

ކޮމެންޓް
ފަހުގެ
HDC