logoEN
WAMCO TOP 1
ގާތުންދޭ މައިންނަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެެއް: މެޑަމް ސާޖިދާ

ގާތުންދޭ މައިންނަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެެއް: މެޑަމް ސާޖިދާ

# މެޑަމް ސާޖިދާ މުޙައްމަދު

މެޑަމް ސާޖިދާ މުޙައްމަދު

ގާތުންދޭ މައިންނަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ދުނިޔޭގެ ގާތުންދިނުމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ފަސްޓްލޭޑީ ވިދާޅުވީ،ދަރިފުޅަށް ގާތުންދޭ ކޮންމެ ފަހަރަކީ މައިންގެ ލޯތްބާއި ކެތްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި މިކަމުގައި މައިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގާތުންދިނުމަކީ ހަމައެކަނި ކާނާ ފޯރުކޮށްދިނުމެއް ނޫން ކަމަށާއި އެއީ ތުއްތު ކުއްޖާ ބަލިމަޑުކަމުން ރައްކާތެރިކޮށްދޭ ފުރަތަމަ އައްޑަނަކަން ފާހަގަކުރައްވާ ވިދާޅުވީ އޭގެ ސަބަބުން ކުއްޖާގެ ދިފާޢީ ނިޒާމު ވަރުގަދަވެ، ނަފްސާނީ ދުޅަހެޔޮކަމާއި މުޅި އުމުރަށް ބޭނުންވާ ސިއްހީ ބިންގާ އެޅިގެންދާނެ ކަމަށެވެ. އަދި ސަރުކާރުން މިދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން މެޑަމް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްކުރާ މައިންނަށް މުސާރަ ލިބޭ ގޮތަށް ގާތުންދޭ ވަގުތު ދެ އަހަރަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

ހަމަމިއާއެކު ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ކަށަވަރުކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތުއްތު ކުދިންގެ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ގާތުންދިނުމުގެ ހަފްތާގެ ޝިއާރަކީ "ދެމެހެއްޓެނިވި ފެށުމަކަށް ގާތުންދިނުން: ނަތީޖާ ނެރެދޭ ކަންކަން އިތުރަށް ވަރުގަދަކުރަމާ" މިއެވެ. ފަސްޓްލޭޑީ ވަނީ މި ޝިއާރާ އެއްގޮތަށް، މައިންނަށް ބޭނުންވާ އެހީތެރިކަން އިތުރުކޮށް، ގާތުންދިނުމުގެ އާދަ އަށަގަންނުވުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް އަޒުމް އާކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC