
ބޮޑުތަކުފާނު މަގުގެ މަޝްރޫއަކީ މާލޭގެ މަލަމައްޗަށް ތާރީޚި ބަދަލެއް އަންނާނެ މުހިންމު މަޝްރޫޢެއް: ނައިބު ރައީސް
# ނައިބު ރައީސް# ޑރ. މުހައްމަދު މުއިއްޒުފޮޓޯ: ރައީސް އޮފީސް
ބޮޑުތަކުފާނު މަގުގެ މަޝްރޫއަކީ މާލޭގެ މަލަމައްޗަށް ތާރީޚި ބަދަލެއް އަންނާނެ މުހިންމު މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގެ އުތުރުން ބޮޑުތަކުރުފާނުމަގުގެ މަސައްކަތްތައް ނިންމާ އާންމު ދަތުރުފަތުރަށް ހުޅުވާލުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވިދާޅުވީ މާލޭގެ އުތުރުން ބޮޑުތަކުރުފާނުމަގަށް ގެނައި ތަރައްޤީއަކީ، މާލެ ސިޓީއަށް ލަފާ ފުރާ ފަރާތްތަކަށާއި، މާލޭގެ ޓްރެފިކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ތަރައްޤީއެއް ކަމަށެވެ. އަދި މިއީ މާލޭގެ މަލަމައްޗަށް ތާރީޚި ބަދަލެއް އައި މުހިންމު މަޝްރޫޢެއްކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ވަނީ ރައްޔިތުން ބޭނުންވެފައިތިބި އެފަދަ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކާއިއެކު، ޤައުމު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމާއި އަހައްމިއްޔަތުކަމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިޤުތިސާދީ ދަތިތަކާއެކުވެސް، ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަކީ ހެޔޮ ވެރިކަމެއް ކުރަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

ބޮޑުތަކުފާނު މަގުގެ މަޝްރޫއަކީ މާލޭގެ މަލަމައްޗަށް ތާރީޚި ބަދަލެއް އަންނާނެ މުހިންމު މަޝްރޫޢެއް: ނައިބު ރައީސް

"މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށް ތައްޔާރުވާންޖެހޭ: ރައީސް




