logoEN
WAMCO TOP 1
ގާނާ، ބުރުކީނާ ފާސޯ އަދި ލާއޮސްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން ފަތްކޮޅު އަރުވައިފި

ގާނާ، ބުރުކީނާ ފާސޯ އަދި ލާއޮސްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން ފަތްކޮޅު އަރުވައިފި

އަހުމަދު ޝުރާއު

logo

7/23/2026, 8:54:40 AM

# ރައީސް މުއިއްޒު

-

ގާނާ، ބުރުކީނާ ފާސޯ އަދި ލާއޮސްއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

THE TRAVELLER AD

މި ފަތްކޮޅު އެރުވުމުގެ ޚާއްޞަ ރަސްމިއްޔާތުތައް އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އައު ސަފީރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުންގެ ފަތްކޮޅުތައް ޤަބޫލުފުޅުކުރައްވައި، އެބޭފުޅުންނަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވެފައެވެ. މިއަދު ފަތްކޮޅު އަރުވާފައިވަނީ ގާނާގެ ހައިކޮމިޝަނަރު ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯއާއި، ބުރުކީނާ ފާސޯގެ ނޮން-ރެސިޑެންޓް ސަފީރު ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭގެ އިތުރުން ލާއޮސްގެ ނޮން-ރެސިޑެންޓް ސަފީރު ވިތާޔާ ޒަޔާވޮންގއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކިން ސަފީރުންނާ ބައްދަލުކުރައްވައި ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ މެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ގާނާގެ ހައިކޮމިޝަނަރާއެކު ވިޔަފާރިއާއި، ފަތުރުވެރިކަމާއި ފަންނީ ދާއިރާތަކުން ގުޅުން ފުޅާކުރުމަށް މަޝްވަރާކުރެއްވިއިރު، ބުރުކީނާ ފާސޯގެ ސަފީރާއެކު ތަރައްޤީގެ ރޮނގުން ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީ އަދި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ލާއޮސްގެ ސަފީރާއެކު ދެ ގައުމުން މަސްލަހަތު ހިއްސާކުރާ އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއިން ވަނީ ގާނާއާއެކު 10 އޯގަސްޓު 1989 ގައި، ބުރުކީނާ ފާސޯއާއެކު 29 ޑިސެމްބަރު 2011 ގައި އަދި ލާއޮސްއާއެކު 10 ފެބުރުވަރީ 2012 ގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައެވެ. މިއަދުގެ ބައްދަލުވުންތަކުގައި ސަފީރުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއެކު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC