logoEN
WAMCO TOP 1
ޕޯޗުގަލްގެ އައު ސަފީރާއެކު މޫސުމީ ބަދަލުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ޕޯޗުގަލްގެ އައު ސަފީރާއެކު މޫސުމީ ބަދަލުތަކާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

އަހުމަދު ޝުރާއު

logo

7/23/2026, 6:03:27 AM

# ރައީސް މުއިއްޒު

-

ޕޯޗުގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލަންސީ ޜާއޯ މެނުއެލް މެންޑޭޒް ރިބޭރޯ ދެ އަލްމޭދާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

THE TRAVELLER AD

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޯޗުގަލްގެ އައު ސަފީރުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެމަނިކުފާނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ޕޯޗުގަލްގެ ސަފީރު ވަނީ ދެޤައުމުގެ މެދުގައި މަސްލަހަތު ހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ މެދު މަޝްވަރާކުރައްވާފައެވެ. މިގޮތުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ ޢަޒުމް ދެބޭފުޅުންވެސް ވަނީ އާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1995 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.

ކޮމެންޓް
ފަހުގެ
HDC