logoEN
WAMCO TOP 1
އައު ޖީލުގެ "ޓްވިން އޮޓަރ ކްލެސިކް 300-ޖީ" ގެ ދެ ސީޕްލޭން ރާއްޖެއަށް ތައާރަފްކުރާ ފުރަތަމަ އެއާލައިންއަކަށް ގައުމީ އެއާލައިން މޯލްޑިވިއަން!

އައު ޖީލުގެ "ޓްވިން އޮޓަރ ކްލެސިކް 300-ޖީ" ގެ ދެ ސީޕްލޭން ރާއްޖެއަށް ތައާރަފްކުރާ ފުރަތަމަ އެއާލައިންއަކަށް ގައުމީ އެއާލައިން މޯލްޑިވިއަން!

އަހުމަދު ޝުރާއު

logo

7/22/2026, 3:52:05 PM

# މޯލްޑިވިއަން

-

ޤައުމީ އެއާލައިން، މާލްޑިވިއަންއިން ކެނެޑާގެ ޑީ ހެވިލަންޑް އެއާކްރާފްޓާއެކު "ޑީއެޗްސީ-6 ޓްވިން އޮޓަރ ކްލެސިކް 300-ޖީ" މަރުކާގެ ދެ ސީޕްލޭން ގަތުމަށް ލެޓަރ އޮފް އިންޓެންޓް (އެލްއޯއައި) ގައި ސޮއިކޮށްފިއެވެ.

THE TRAVELLER AD

މިއީ މުޅި ދުނިޔޭގައިވެސް އެންމެ ފުޅާދާއިރާއެއްގައި ޓްވިން އޮޓަރ ބޯޓު ބޭނުންކުރާ ދިވެހިރާއްޖެއަށް މި މަރުކާގެ ބޯޓެއް ގެނައުމަށް ސޮއިކުރި ފުރަތަމަ ފަހަރެވެ.

ފާއިތުވި ގަރުނުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދައިގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ޓްވިން އޮޓަރ ސީޕްލޭންތަކުގެ އައު ޖީލުގެ މި ބޯޓުތަކާއެކު، އެއާޕޯޓު ނެތް ރަށްރަށާއި ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގައި މާލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން މާލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ރާއްޖެއަށް މުޅިން އަލަށް "ޓްވިން އޮޓަރ ކްލެސިކް 300-ޖީ" ތަޢާރަފްކުރާ އެއާލައިނަކަށް މާލްޑިވިއަން ވެގެންދިއުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެ ޗުއްޓީ ފެށިގެންދަނީ ސީޕްލޭން ދަތުރުން ކަމަށްވާއިރު، މިއީ ކަސްޓަމަރުންނާއި ރިސޯޓުތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް ގެންނަ ކްލެސިކް 300-ޖީ ބޯޓަކީ ކުރު ރަންވޭތަކުން ނެގުމާއި ޖެއްސުމުގެ ގާބިލުކަން ހުރި، އަދި ޒަމާނީ އެވިއޮނިކްސް ސިސްޓަމްތަކާއެކު ދަތުރުވެރިންނަށް އިތުރު ފަސޭހަކަމާއި އަރާމު ލިބިގެންދާނެ ބޯޓެކެވެ. މީގެ އިތުރުން ބޯޓުގެ ބަރުދަން ލުއިކުރެވިފައިވުމުގެ ސަބަބުން އިތުރު ފަސިންޖަރުންނާއި ލަގެޖް އުފުލުމުގެ ޖާގަ އިތުރުވެ، އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC