logoEN
WAMCO TOP 1
ތ. ގުރައިދޫ މަގުހެދުމުގެ މަޝްރޫޢު ބާރަށް ކުރިއަށް!

ތ. ގުރައިދޫ މަގުހެދުމުގެ މަޝްރޫޢު ބާރަށް ކުރިއަށް!

އަހުމަދު ޝުރާއު

logo

7/22/2026, 3:42:03 PM

# ތ ގުރައިދޫ

-

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ތެރެއިން، އެރަށު ސަހަރާ މަގުގައި ކޭބަލް ޖަންކްޝަން އެޅުމުގެ އަމަލީ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިގެން ކުރިޔަށްދާކަން އެކުންފުނީން ހާމަކޮށްފި އެވެ.

THE TRAVELLER AD

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ގުރައިދޫގެ މައިގަނޑު 10 މަގެއްގައި ތާރުއެޅުމަށް ވަނީ ނިންމާފައެވެ. މިއީ ޖުމްލަ 2.87 ކިލޯމީޓަރުގެ ދިގުމިނުގެ މަގުގެ ސަރަޙައްދެކެވެ.

އާރްޑީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތަކީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން 730 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާއިތުވި އަހަރު ގުރައިދުއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ފައްޓަވައިދެއްވި މަޝްރޫޢެކެވެ. އޮގަސްޓް 7، 2025 ގައި ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ މި މަސައްކަތް ނިމުމަކަށް އައުމާއެކު، ވިއްސާރަ މޫސުމުގައި އެރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމުގެ ޔަޤީންކަން އާރްޑީސީން ދެއެވެ. އަދި ރައްޔިތުންނަށް ދަތިނުވާނެހެން މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މަގުހެދުމުގެ އަމަލީ މަސައްކަތްތަކުގެ ތެރޭގައި ފެން ހިންދާނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުމާއި، ހިނގާ މީހުންނަށް ޚާއްސަ ދުވާރު ހެދުމުގެ އިތުރުން ޔުޓިލިޓީ ނެޓްވޯކްތައް އައު މަގުގެ ލެވެލްއާ އެއްވަރުކުރުން ހިމެނެއެވެ. ހަމައެހެންމެ، މަގުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމާއި، ގަސް އިންދާނެ ވަޅުތައް ތައްޔާރުކުރުމާއި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމަށް ފަހު ތާރުއެޅުން އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC