logoEN
WAMCO TOP 1
މާކް ކުކުރެޔާ އިސްތަށިގަނޑު ނާއްސާ ބަހައްޓާ ހަގީގީ ސަބަބު!

މާކް ކުކުރެޔާ އިސްތަށިގަނޑު ނާއްސާ ބަހައްޓާ ހަގީގީ ސަބަބު!

ސާރާ އަހުމަދު

logo

7/22/2026, 3:40:59 PM

# ސްޕެއިން

--

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ މާކް ކުކުރެޔާ މެޗުތަކުގައި އިސްތަށިގަނޑު ނާއްސާ ބަހައްޓަނީ، އޯޓިޒަމް ހުންނަ އޭނާގެ ދަރިފުޅަށް ދަނޑުމަތިން އޭނާ ވަކިކުރަން ފަސޭހަކުރުމުގެ ގޮތުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތް ނޫންކަން ކަށަވަރުވެއްޖެއެވެ.

THE TRAVELLER AD

ޓިކްޓޮކް އާއި އެކްސް ފަދަ މަންސަތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ވާހަކައަކީ އާންމުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައި އުފައްދާފައިވާ ހަގީގަތާ ހިލާފު ވާހަކައެކެވެ.

ކުކުރެޔާ އޭނާގެ އިސްތަށިގަނޑު ދިގުކޮށް ބަހައްޓާ ހަގީގީ ސަބަބަކީ އާއިލީ ސަގާފަތެއްގެ ގޮތުންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުކުރެއްޔާ މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ކުޑައިރުއްސުރެ އިސްތަށިގަނޑު ދިގުކޮށް ބެހެއްޓުމަކީ އޭނާގެ މަންމަގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ބޮޑުވަމުން އައި ވަރަކަށް އެއީ އޭނާގެ އަމިއްލަ ވަކި ހާއްސަ ސިފައެއްގެ ގޮތުގައި އޭނާއަށްވެސް ބަލައިގަނެވިފައިވާ ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެއިތުރުން، އިސްތަށިގަނޑު ކުރުކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކުރަމުން ސަމާސާ ގޮތަކަށް ކުކުރެއްޔާ ބުނެފައިވަނީ، އިސްތަށިގަނޑު ކޮށުމަށް އޭނާގެ ބައިވެރިޔާ ކްލޯޑިއާވެސް އެއްބަސްނުވާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC