logoEN
WAMCO TOP 1
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ

ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ

# ސިވިލް ސާވިސް ކޮމިޝަން

ވެލާނާގެ

ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި (ޕީއެސް)، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ (އެސްޖީ) މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން އުނިކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.

THE TRAVELLER AD

ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) ކަމާގުޅޭ އިދާރާތަކަށް ފޮނުވާފައިވާ އެންގުމެއްގައިވާ ގޮތުން، ޕީއެސްއިންނާއި އެސްޖީންގެ އިތުރުން އައިޓީ ދާއިރާގެ ތިން ޖޮބް މެޓްރިކްސްއަކަށް ކަނޑައަޅާފައިވާ މުސާރައަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކާ ގުޅިގެން އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މަހުން މަހަށް ލިބޭ ޖުމްލަ އާމްދަނީ ކުރިއަށްވުރެ ދަށްވާނެއެވެ.

އަލަށް އެކުލަވާލި އޮނިގަނޑުގެ ދަށުން، ރޭންކް 17 ގެ ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ އެސްޖީންނަށް އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 23,935 ރުފިޔާ އެވެ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި ލިބޭނީ 23,065 ރުފިޔާއެވެ. މީގެ ކުރިން މި މަގާމުތަކަށް މުސާރައާއި އިނާޔަތާއެކު ގާތްގަނޑަކަށް 53,000 ރުފިޔާ ލިބެމުން ދިޔަ ނަމަވެސް، އަންނަ މަހުގެ އެކަކުން ފެށިގެން މި އަދަދު ކުޑަވާނެއެވެ.

މީގެ އިތުރުން، ރަށު ކައުންސިލްތަކުގެ އެސްޖީންގެ މުސާރައަށް ވެސް ބަދަލުތަކެއް ގެނެސްފައިވާއިރު، އައިސީޓީ ދާއިރާގެ ޓެކްނީޝަނުންނާއި، މެނޭޖަރުން އަދި އެނަލިސްޓުންގެ މުސާރައިގެ އޮނިގަނޑަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށް ސީއެސްސީގެ އެންގުމުގައި ބަޔާންކޮށްފައިވެއެވެ.

ޕާމަނަންޓް ސެކްރެޓަރީ އާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ގެންނަ ބަދަލު:
  1. ޕާމަނަންޓް ސެކްރެޓަރީ ރޭންކް 17 - އަސާސީ މުސާރަ އަށް 23،935 ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23،065 ރުފިޔާ.
  2. ސެކްރެޓަރީ ޖެނެރަލް (ސިޓީ ކައުންސިލްތައް) ރޭންކް 17 - އަސާސީ މުސާރައަށް 23،935 ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 23،065ރުފިޔާ.
  3. ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްތައް) ރޭންކް 16 - އަސާސީ މުސާރައަށް 18،000ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 6،620ރުފިޔާ.
  4. ސެކްރެޓަރީ ޖެނަރަލް (ޑިޕްލޮމާ އަދި ތަޖުރިބާ) ރޭންކް 16 - އަސާސީ މުސާރައަށް 10،000ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 7،000 ރުފިޔާ.

އިދާރީ އިސް މަގާމުތަކެއްގެ މުސާރަ ކުޑަކުރަން ނިންމާފައި މިވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ސިޓީތަކުގައި 20,000 ރުފިޔާއަށް އަދި ރަށްރަށުގައި 15,000 ރުފިޔާއަށް ބޮޑުކޮށްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC