logoEN
WAMCO TOP 1
ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި: ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި: ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

އަހުމަދު ޝުރާއު

logo

7/21/2026, 3:21:54 PM

# ޅ. ނައިފަރު

-

ޅ. ނައިފަރުގައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 45 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިމިއްޖެއެވެ.

THE TRAVELLER AD

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހިއްކި ބިން ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

އަދި މިހާރު ސައިޓުގައި ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން 45 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، 1813 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން 474 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޖުމްލަ 679,031,580.60 (އަރުބަނާފަސްދޮޅަސް ހަތް މިލިއަން ނުވަސަތޭކަ ތިންހާސް ފަސްސަތޭކަ އަށްޑިހަ ރުފިޔާ ފަންސާސް ލާރި) ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް
ފަހުގެ
HDC