
-
ޅ ނައިފަރު ބިން ހިއްކުމުގެ މަޝްރޫއު ނިމުމަކާއި ކައިރިވެފައިވާކަން އެމްޓީސީސީން ހާމަކޮށްފި އެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ. އެގޮތުން އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައެވެ.
އެމްޓީސީސީން ބުނީ ޅ ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައި ކަމަށެވެ. މީގެ އިތުރުން ރިވެޓްމަންޓް ޕްރޮފައިލިންގ މަސައްކަތްތަކަށް ބޮޑުހިލައިގެ ޝިޕްމަންޓު މިހާރު އެރަށަށް ގެންދެވިފައިވާކަންވެސް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީން މި މަޝްރޫއު ކުރިޔަށް ގެންދަނީ ބިން ހިއްކުމާއިއެކު ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތާއިއެކުގައި އެވެ. އެގޮތުން މުޅި މަޝްރޫއުގެ މިހާތަނަށް 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައި އެވެ.
މި މަސައްކަތުގެ ދަށުން ހިއްކި ބިން ހިމާޔަތް ކުރުމަށް 1،813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ. 679 މިލިއަން ރުފިޔާގެ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 1 އަހަރާއި 9 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.




.jpg&w=3840&q=75)

