logoEN
WAMCO TOP 1
ރ. ވާދޫގެ އިޖުތިމާއީ ޚިދުމަތްތެރިޔާ އުމުރުން 102 އަހަރުގައި ނިޔާވެއްޖެ

ރ. ވާދޫގެ އިޖުތިމާއީ ޚިދުމަތްތެރިޔާ އުމުރުން 102 އަހަރުގައި ނިޔާވެއްޖެ

# ރ. ވާދޫ# ރ. ވާދޫ ކައުންސިލް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރ. ވާދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އާމިނަތު އިބްރާހީމާ ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

މާޅޮސްމަޑުލު އުތުރުބުރީ ވާދޫގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނާއިބު ރައީސާކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި، އެ ރަށު ސޯސަންގެ، އާމިނަތު އިބްރާހީމް މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

THE TRAVELLER AD

ނިޔާވިއިރު އާމިނަތު އިބްރާހީމްގެ އުމުރަކީ 102 އަހަރެވެ.

އާމިނަތު އިބްރާހީމަކީ 1980 ގެ އަހަރުތަކުގައި ވާދޫގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އުފެދުނީއްސުރެ، އެ ކޮމެޓީގައި އެންމެ ދިގު މުއްދަތަކަށް ނާއިބު ރައީސާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ވާދޫގެ އިޖުތިމާއީ ކަންކަމުގައި ނަމޫނާ މަސައްކަތްތަކެއް ކުރައްވާފައިވާ، ރަށުގެ ތަރައްޤީއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.

މި ވަކިވުމާ ގުޅިގެން ވާދޫ ކައުންސިލުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ، މިއީ މުޅި ރަށަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. ވާދޫ ކައުންސިލާއި، ކައުންސިލްގެ އެންމެހާ މުވައްޒަފުން އަދި ރަށުގެ ރައްޔިތުންގެ ނަމުގައި މަރުޙޫމާގެ އާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ކައުންސިލްގެ މެސެޖު ނިންމާލަމުން ދުޢާކޮށްފައިވަނީ "މަރުޙޫމާގެ ފުރާނައަށް މާތްﷲ ރަޚްމަތްލައްވާ، ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން" އެދިއެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، އާމިނަތު އިބްރާހީމްއަކީ ވާދޫގެ ރަޖިސްޓަރީގައި ތިބި އުމުރުން 100 އަހަރަށްވުރެ މަތީގެ މަދު މީހުންގެ ތެރެއިން އެކަކެވެ.

ކޮމެންޓް
ފަހުގެ
HDC