
ފައިސާގެ އިނާމަކާއެކު ރ. ވާދޫ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމަށް މުބާރާތެއް!
# ރ. ވާދޫ# ރ. ވާދޫ ކައުންސިލްރ. ވާދޫ މަތިން ނަގާފައިވާ ފޮޓޯއެއް ----
ރ. ވާދޫ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމަށް ބާއްވާ ހާއްސަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު އެ ކައުންސިލުން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ކައުންސިލްގެ އައު ރަސްމީ ލޯގޯއެއް ކަނޑައެޅުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މުބާރާތުގައި ބައިވެރިކުރާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއެއްގެ ވެރި ފަރާތަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ވާދޫ ކައުންސިލުން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުންތައް ހުށަހަޅަންޖެހޭނެ ކަމަށެވެ. ލޯގޯ ފަރުމާކުރަންވާނީ ކައުންސިލުން އާންމުކޮށްފައިވާ "ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާ ކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް" ގައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ކައުންސިލުން އިތުރަށް ބުނީ ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ބަލައިނުގަނެވޭނެ ކަމަށެވެ. އެހެންކަމުން، މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ގަޑިއަށް ސަމާލުކަން ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ވާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ 4000299 ނަންބަރު ފޯނާ ގުޅުއްވައިގެން މައުލޫމާތު ހޯދޭނެއެވެ. މީގެ އިތުރުން [email protected] އަށް އީމެއިލް ކޮށްގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.



