logoEN
WAMCO TOP 1
ވޯލްޑްކަޕް ފައިނަލްގެ ފޯރީގައި އަމާންކަން ގެއްލޭ ފަދަ ކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ވޯލްޑްކަޕް ފައިނަލްގެ ފޯރީގައި އަމާންކަން ގެއްލޭ ފަދަ ކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

7/19/2026, 4:41:29 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

މާފަންނު ސަރަހައްދުގައި ބޮޑު ސްކްރީނުގައި މީހުން އާޖެންޓީނާ އާ އޮސްޓްރިއާ ބައްދަލުކުރި މެޗު ބަލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގެ ތެރެއިން މުޖުތަމައުގެ އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފި އެވެ.

THE TRAVELLER AD

މީސް މީޑިއާގައި ނެރުނު އިއުލާނެއްގައި ފުލުހުން ވަނީ މެޗުގެ ފޯރީގައި ބައިވެރިވާއިރު އެހެން މީހުންގެ ޙައްޤުތަކަށް އިޙުތިރާމްކުރުމަށް ރައްޔިތުންނަށް ހަނދާންކޮށްދީފައެވެ.

މެޗު ކުޅޭނީ ދަންވަރުގެ ވަގުތެއްގައި ކަމަށްވުމުން، އެއީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތަށް ވާތީ އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ އުނދަގޫތައް ނުކުރުމަށް ފުލުހުން ވަނީ އެދިފައި އެވެ.

View post on Twitter

މީގެ އިތުރުން މަގުމަތީގެ ސަލާމަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދެމުން ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ:

  1. އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ބޮޑެތި ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ހުރަސްއެޅޭ ގޮތަށް ސައިކަލުތައް މަޑުކޮށްގެން ނުތިބުން.
  2. މެޗު ނިމުމަށްފަހު އާންމު އަމާންކަމަށް ބުރޫއަރާ ގޮތަށް ބައިބަޔަށް އެއްވުމާއި ސައިކަލު ބުރު ޖެހުން ފަދަ ހަރަކާތްތައް ނުހިންގުން.
  3. މިފަދަ ކަންކަމުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އާންމު ދަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެތީ އެކަންކަމުން ދުރުހެލިވުން.

ފުލުހުންގެ ޚިދުމަތުން ވަނީ މެޗުގެ ފޯރީގައި ބައިވެރިވާއިރު، މުޖުތަމައުގައި އުޅޭ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން އަވަށްޓެރިންގެ ޙައްޤުތަކަށް އެންމެހައި ސަޕޯޓަރުންވެސް އިސްކަންދިނުމަށް ވަރަށް ބޮޑަށް އެދިފައި އެވެ.

ކޮމެންޓް
ފަހުގެ
HDC