
-
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފުތާގައި އެކަނިވެސް 43،000 ޓަނަށްވުރެ ގިނަ މުދާ ކްލިއަރ ކޮށްފި އެވެ.

އެމްޕީއެލުން މިއަދު ވަނީ ފާއިތުވި ހަފްތާގެ ( 12 ޖުލައިން 18 ޖުލައި 2026) ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރުން ކްލިއަރކުރި މުދަލުގެ ތަފާސްހިސާބުތައް ހާމަކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ހަފުތާގައި ޖުމްލަ 43,933.57 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއަރ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުތަކުން ހޭންޑްލްކުރި 41,753.59 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުތަކުން އުފުލި 2,179.98 ފްރެއިޓް ޓަނުގެ މުދާ ހިމެނެއެވެ.
އަދި މި މުއްދަތުގައި ޖުމްލަ 1,804 ކޮންސައިންމަންޓް ކްލިއަރ ކޮށްފައިވާއިރު، އޭގެ ތެރެއިން 1,453 ކޮންސައިންމަންޓަކީ ކޮންޓެއިނަރު ބޯޓުތަކުން އަދި 351 ކޮންސައިންމަންޓަކީ ޖެނެރަލް ކާގޯ ބޯޓުތަކުން ކްލިއަރކުރި މުދަލެވެ.
ކޮންޓެއިނަރު އޮޕަރޭޝަންތަކަށް ބަލާއިރު މުޅި ހަފުތާގައި ބަނދަރު އޮތީ ވަރަށް ބިޒީކޮށެވެ. އެގޮތުން 2,028 ޓީއީޔޫގެ ކޮންޓެއިނަރު ބޯޓުފަހަރުން ބާލާފައިވާއިރު، 1,730 ޓީއީޔޫގެ ކޮންޓެއިނަރު ވަނީ ބޯޓުފަހަރަށް ބަރުކޮށްފައެވެ. އެހެންކަމުން ޖުމްލަ ތްރޫޕުޓް އުޅެނީ 3,758 ޓީއީޔޫގައެވެ.
ބޯޓުފަހަރުގެ ދަތުރުފަތުރަށް ބަލާއިރު މި ހަފުތާގައި ތިން ކޮންޓެއިނަރު ބޯޓާއި ތިން ޖެނެރަލް ކާގޯ ބޯޓު ބަނދަރަށް ވަދެފައިވާއިރު، ހަތަރު ކޮންޓެއިނަރު ބޯޓާއި ހަތަރު ޖެނެރަލް ކާގޯ ބޯޓު ވަނީ ބަނދަރުން ފުރާފައެވެ.
މީގެ އިތުރުން އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް ގުޑްސްގެ 58,739 ޕެކޭޖު މި މުއްދަތުގައި ވަނީ ބަނދުން ކްލިއަރކޮށްފައެވެ. އެންމެ ގިނައިން ކްލިއަރ ކުރެވުނު މުދަލުގެ ތެރޭގައި ހިމެނެނީ:
- ފިޔާ: 15,821 ޕެކޭޖު
- ކުކުޅުބިސް: 15,530 ޕެކޭޖު
- ކަރާ: 5,837 ޕެކޭޖު
- އަލުވި: 4,673 ޕެކޭޖު
- ޓޮމާޓޯ: 3,614 ޕެކޭޖު
- އަލަނާސި: 2,945 ޕެކޭޖު
- ކެބެޖް: 2,818 ޕެކޭޖު
- ދޮންކޭލް: 2,112 ޕެކޭޖު
މީގެ އިތުރުން ވެސް ބަރަބޯ، ބަށި، ކާށި، ކުދީނާ، އިނގުރު، ކެޝޫ އަދި މިނޫންވެސް ގިނަ ބާވަތްތަކުގެ ތަރުކާރީއާއި މޭވާގެ ބާވަތްތައް މި ހަފުތާގައި ވަނީ ބަނދަރުން ކްލިއަރކޮށް ބާޒާރަށް ނެރެފައި އެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
މާލެ ވިޔަފާރި ބަނދަރުގެ ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެމްޕީއެލްގެ ހަފުތާގެ ތަފާސްހިސާބު: 43،000 އަށްވުރެ ގިނަ ޓަނުގެ މުދާ ކްލިއަރ ކޮށްފި

ކަނޑަށް ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން 2 ކޮންޓެއިނަރު ފެނިއްޖެ




