logoEN
WAMCO TOP 1
ގައްދޫގެ "މާސްޓަރ މެޑިކަލް" ކްލިނިކުން ޚާއްސަ ޕެއިން ސްޕެޝަލިސްޓު ޑރ އަސްޢަދުގެ ޚިދުމަތް މިމަހު ފަހުކޮޅު ލިބޭނެ!

ގައްދޫގެ "މާސްޓަރ މެޑިކަލް" ކްލިނިކުން ޚާއްސަ ޕެއިން ސްޕެޝަލިސްޓު ޑރ އަސްޢަދުގެ ޚިދުމަތް މިމަހު ފަހުކޮޅު ލިބޭނެ!

އަހުމަދު ޝުރާއު

logo

7/19/2026, 9:16:00 AM

# މާސްޓަރ މެޑިކަލް

-

ގދ. ގައްދޫގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ޚާއްޞަ ޞިއްޙީ ޚިދުމަތެއް ހޯދުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު ލިބިގެންދާނެއެވެ.

THE TRAVELLER AD

މާސްޓަރ މެޑިކަލް އެންޑް ޑެންޓަލް ކެއަރ ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، އެނެސްތީސިއޮލޮޖީގެ ކޮންސަލްޓެންޓް އަދި ތަޖުރިބާކާރު ޕެއިން ސްޕެޝަލިސްޓް ޑރ. އަސްޢަދު މުޙައްމަދު ޝަހީދު އެ ކްލިނިކުގައި ބަލިމީހުން ބެލުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން 27 ވަނަ ދުވަހާއި ހަމައަށެވެ.

undefined

ޑރ. އަސްޢަދު ގައްދޫ ކްލިނިކަށް ކުރާ މި ދަތުރުގައި ބަލިމީހުންނަށް ގިނަ ގުނަ ފަރުވާތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ބުރަކަށީގެ ރިހުން ހުޅުހުޅުގެ ރިހުން ފަދަ ދިގުލައިގެންދާ ވޭންތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ސައިޓިކާ އާއި ނާރުގެ އެކިއެކި މައްސަލަތަކާއި ވޭންތަކަށް ޑޮކްޓަރުގެ ޚާއްޞަ ލަފަޔާއި އިރުޝާދު ލިބިގެންދާނެއެވެ.

undefined

މި ފަރުވާތަކުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ފެތުރޭ ވޭނާއި އޮޕަރޭޝަންތަކަށް ފަހު ކުރިމަތިވާ ވޭންތަކަށް ވެސް ޑޮކްޓަރު ފަރުވާދޭނެއެވެ . ހަމައެހެންމެ، ކެންސަރު ބަލީގެ ސަބަބުން ކުރިމަތިވާ ވޭނާއި، ނުރައްކާތެރި އަނިޔާތަކުގެ ސަބަބުން ލިބޭ ވޭންތަކަށް ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް ވެސް މި ފުރުސަތު ވަރަށް މުހިންމުވާނެއެވެ.

ޑރ. އަސްޢަދަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެޕޮއިންޓްމަންޓް ހެދުމަށް ކްލިނިކުން އެދެއެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށާއި އެޕޮއިންޓްމަންޓް ހެދުމަށް 7380060 ނަންބަރު މެދުވެރިކަޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.

undefined

މާސްޓަރ މެޑިކަލް އެންޑް ޑެންޓަލް ކެއަރ ސެންޓަރުން މަސައްކަތް ކުރަމުންދަނީ މިފަދަ ޚާއްޞަ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް
ފަހުގެ
HDC