logoEN
WAMCO TOP 1
ހުވަދޫ ރައްޔިތުންނަށް އުފާވެރި ޚަބަރެއް: ހިތުގެ ޚާއްޞަ ޑޮކްޓަރު ޑރ. މޫސާ މަނިކު ގައްދޫ މާސްޓަރ މެޑިކަލްއަށް!

ހުވަދޫ ރައްޔިތުންނަށް އުފާވެރި ޚަބަރެއް: ހިތުގެ ޚާއްޞަ ޑޮކްޓަރު ޑރ. މޫސާ މަނިކު ގައްދޫ މާސްޓަރ މެޑިކަލްއަށް!

އަހުމަދު ޝުރާއު

logo

6/22/2026, 2:40:41 PM

# މާސްޓަރ މެޑިކަލް

ގައްދޫގައި ހުންނަ މާސްޓަރ މެޑިކަލް އެންޑް ޑެންޓަލް ކެއާ ސެންޓަރ:-

އިންސާނާގެ ދިގު އަދި ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ހިތުގެ ދުޅަހެޔޮކަމަކީ އެންމެ މުހިންމު އެއް އަސާސެވެ. ހިތަށް ދިމާވާ އެކިކަހަލަ ބަލިތަކަކީ ކުރިއާލައި ދެނެގަނެވި، ރަނގަޅު މެޑިކަލް ޗެކްއަޕްތަކާއި ޚާއްޞަ ޑޮކްޓަރުންގެ އިރުޝާދާއެކު ފަރުވާ ހޯދައިފިނަމަ ފަސޭހައިން ކޮންޓްރޯލް ކުރެވިދާނެ ބަލިތަކެކެވެ. މިފަދަ ފަރުވާތައް ހޯދުމަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގދ. ގައްދޫގައި ހުންނަ މާސްޓަރ މެޑިކަލް އެންޑް ޑެންޓަލް ކެއަރ ސެންޓަރުން މިވަނީ އެ ރަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ނުހަނު އުފާވެރި ޚަބަރެއް ހިއްސާކޮށްފައެވެ.

THE TRAVELLER AD

އެގޮތުން މާސްޓަރ މެޑިކަލް ސެންޓަރުން އިންތިޒާމުކޮށްގެން، ރާއްޖޭގެ މަޤްބޫލު ހިތުގެ ބަލިތަކާބެހޭ ޚާއްޞަ ޑޮކްޓަރު (ކާޑިއޮލޮގީ ސްޕެޝަލިސްޓް) ޑރ. މޫސާ މަނިކު އިބްރާހީމް ގައްދޫއަށް ކުރައްވާ ޚާއްޞަ ޒިޔާރަތެއްގައި ބަލިމީހުންނަށް ދެއްކުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ޑރ. މޫސާ މަނިކު އިބްރާހީމް މާސްޓަރ މެޑިކަލް ސެންޓަރުގައި ބަލިމީހުންނަށް ފަރުވާ ދެއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 3 އިން 4 އެއްގެ ނިޔަލަށެވެ.

undefined

މި އައުޓްރީޗް ޕްރޮގްރާމުގައި ހިތުގެ އެކިކަހަލަ ބަލިތަކުގެ ކަންބޮޑުވުންތައް ހުންނަ ފަރާތްތަކަށް ޚާއްޞަ އިރުޝާދާއި، އެސެސްމަންޓްތައް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ކޮންސަލްޓޭޝަނަކީ މޭގައި ރިއްސުން ނުވަތަ އުނދަގޫތަކެއްވުން، ހިތުގެ ތެޅުން އާދަޔާ ޚިލާފަށް އަވަސްވުން ނުވަތަ ތެޅުން ހަމަނުޖެހުން (އެރިތުމިއާ)، ލޭގެ ފިއްތުން މަތިވުން (ހައިޕަރޓެންޝަން)، އަދި ހިތުގެ ބަލިތަކުގެ އެކިކަހަލަ އަލާމާތްތައް ފެންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ކަމެކެވެ.

undefined

ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ހިތުގެ ވިންދާއި ކަރަންޓް ހަރަކާތްތައް ބަލާ އީސީޖީ (ECG) ހެދުމާއި، ހިތުގެ އޮނިގަނޑާއި މަސައްކަތްކުރާ ގޮތް ބަލާ ހާރޓް އަލްޓްރާސައުންޑް ސްކޭން ނުވަތަ އެކޯ (ECHO) ހެދުމާއި، އަދި ކާޑިއޮގްރަފީ ސްކޭން ފަދަ ހިތުގެ މުހިންމު ގިނަ ޓެސްޓުތަކެއް އެ ސެންޓަރުން ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

undefined

ހިތުގެ މައްސަލަތަކަކީ ފަރުވާކުޑަކޮށްލައިގެން ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. ނޭވާ ކުރުވުމާއި، ބޯއެނބުރުމާއި، އާދަޔާ ޚިލާފަށް ވަރުބަލިވުން ފަދަ ނިޝާންތަކަކީ ހިތުގެ ބަލިތަކުގެ އިބްތިދާއީ އަލާމާތްތަކަށް ވެދާނެތީ، ދުރާލާ ހެދޭ ޗެކްއަޕްތަކުން ބަލިތައް ބޮޑުވުމުގެ ކުރިން ރައްކާތެރިކަން ހޯދައިދެއެވެ. ވުމާއެކު، އަމިއްލަ ހިތުގެ ދުޅަހެޔޮކަމަށްޓަކައި މި ލިބުނު ރަން ފުރުޞަތުގެ ބޭނުން ހިފައި، މާސްޓަރ މެޑިކަލް ސެންޓަރުގެ ގައްދޫ ހޮޓްލައިން ނަންބަރު 7380060 އަށް ގުޅުއްވައިގެން ޑރ. މޫސާ މަނިކު އިބްރާހީމްގެ އެޕޮއިންޓްމަންޓްތައް ލަސްނުކޮށް ބުކް ކުރެއްވުމަށް އެ ސެންޓަރުން އިލްތިމާސްކުރެއެވެ. ދުޅަހެޔޮ ހިތަކީ އުފާވެރި ދިރިއުޅުމެއްގެ ފެށުމެވެ.

ކޮމެންޓް
ފަހުގެ
HDC