logoEN
WAMCO TOP 1
ރޭކާއާ ބެހޭގޮތުން ހޭމާ މާލިނީ ކުރީގެ ހަނދާންތަކެއް އާކޮށްފި

ރޭކާއާ ބެހޭގޮތުން ހޭމާ މާލިނީ ކުރީގެ ހަނދާންތަކެއް އާކޮށްފި

ސާރާ އަހުމަދު

logo

7/19/2026, 4:24:00 PM

# ބޮލީވުޑް

--

ބޮލީވުޑްގެ 'ޑްރީމް ގާރލް' ހޭމާ މާލިނީ ވަނީ، އޭނާގެ ޒަމާންވީ ގާތް އެކުވެރިޔާ އަދި މަޝްހޫރު ބަތަލާ ރޭކާއާ ދެމެދު އޮތް ވަރުގަދަ ގުޅުމާ ބެހޭގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކާފައެވެ.

THE TRAVELLER AD

ދާދިފަހުން ދިން އިންޓަވިއުއެއްގައި ހޭމާ ވަނީ، ރޭކާއާ އެންމެ ފުރަތަމަ ދިމާވި ދުވަސްވަރުގެ މަޖާ އަދި އަސަރުގަދަ ހަނދާންތަކެއް އާކޮށްފައެވެ.

ހޭމާ ކިޔައިދިން ގޮތުގައި، އޭނާއަށް ރޭކާ އެންމެ ފުރަތަމަ ފެނުނީ މަދުރާސީ އިންނެވެ. އޭރު ރޭކާއަކީ ވަރަށް ސިޔާސަ ކުޑަ އަންހެން ކުއްޖެކެވެ.

ރޭޚާގެ މަންމަ، މަޝްހޫރު ބަތަލާ ޕުޝްޕަވައްލީއަކީ ހޭމާގެ މަންމައާ ވަރަށް ގާތް މީހަކަށް ވުމުން، ދެ އާއިލާގެ މެދުގައި އޭރުވެސް އޮތީ ބޮޑު ގާތްކަމެކެވެ. ހޭމާ ބުނިގޮތުގައި، ރޭކާ ބޮޑުވެ، ބޮލީވުޑްގެ އެންމެ ބޮޑު އެއް ތަރިއަށް ވީތަން ފެނުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ފިލްމީ ދާއިރާގައި ދެމީހުން އެކުގައި މަސައްކަތްކުރި ދުވަސްވަރުގެ ވާހަކަދައްކަމުން ހޭމާ ބުނީ، ދެމީހުންނަކީ ދެކުނު އިންޑިއާ އާއިލާއަކަށް ނިސްބަތްވާ ބަޔަކަށް ވުމުން، މުމްބާއީގައި އުޅުނުއިރު އެކަކު އަނެކަކަށް ވަރަށް ބޮޑަށް އެހީތެރިވި ކަމަށެވެ. އަދި ދެމީހުންގެ މެދުގައި އެއްވެސް އިރެއްގައި ވާދަވެރިކަމެއް ނެތް ކަމަށާއި، އޮތީ ހަމައެކަނި ލޯތްބާއި އިހުތިރާމް ކަމަށް ހޭމާ ފާހަގަކުރިއެވެ.

އުމުރުން ދުވަސްވީ ނަމަވެސް، މިހާރުވެސް ދެމީހުންގެ މެދުގައި އޮތް ގުޅުން ހަމަ އެގޮތުގައި އެބައޮތެވެ. ހޭމާ މާލިނީ ބުނިގޮތުގައި، ރޭކާއަކީ އަދިވެސް އޭނާގެ ހިތާ ވަރަށް ގާތް، އާއިލާގެ މެންބަރެއް ފަދަ އެކުވެރިއެކެވެ.

ކޮމެންޓް
ފަހުގެ
HDC