logoEN
WAMCO TOP 1
ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މިހާތަނަށް ހިންގި އެންމެ ފުޅާ ޖަލު އޮޕަރޭޝަން ނިންމާލައިފި

ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މިހާތަނަށް ހިންގި އެންމެ ފުޅާ ޖަލު އޮޕަރޭޝަން ނިންމާލައިފި

އަހުމަދު ޝުރާއު

logo

7/14/2026, 9:12:08 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ދިވެހިރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

THE TRAVELLER AD

މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގައެވެ. ސްޕެޝަލިސްޓް އޮޕަރޭޝަންސް ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅެވެ. ޖަލުތައް ބަލައި ފާސްކުރުމަށް ހިންގި މި ހަރަކާތުގައި ފުލުހުންގެ ގިނަ އަދަދެއްގެ ހާއްސަ ފަންކްޝަންތަކުން ބައިވެރިވެފައިވެއެވެ.

އެގޮތުން އެސް.އޯގެ ސްވަޓް ޓީމާއި ކޭނައިންޔުނިޓްގެ އިތުރުން މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް މި އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވިއެވެ. މީގެއިތުރުން ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން، އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މުހިންމު ދައުރެއް މި އޮޕަރޭޝަންގައި އަދާކޮށްފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފާހަގަކުރި ގޮތުގައި، ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ފުލުހުންނާ ގުޅިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު މިއީ އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު އެއް އޮޕަރޭޝަނެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު ވިދާޅުވީ ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކާއި ފުލުހުންގެ ޚިދުމަތުގެ ފަންކްޝަންތަކުން ގުޅިގެން ކުރި މަސައްކަތުން އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ހާސިލުކުރެވިފައިވާކަން ކޮމާންޑަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC