
ސައޫދީގެ އާންމުން ދިރިއުޅޭ ތަންތަނަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
# ފޮރިން މިނިސްޓްރީ-
ސަޢޫދީ ޢަރަބިއްޔާގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހިރާއްޖޭން ދެކޭގޮތުގައި މިއީ ސަޢޫދީ ޢަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސްހެޅި، އަދި މުޅި ސަރަހައްދީ ހަމަޖެހުމާއި ސަލާމަތަށް ކުރިމަތިވެގެންދިޔަ ނުރައްކާތެރި ޖެހިލުންތެރި އަމަލެކެވެ.
ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ، ރާއްޖޭން އަބަދަވެސް ސަޢޫދީ ޢަރަބިއްޔާއާ އެކުގައި ދެމިއޮންނާނެ ކަމަށާއި އަދި އެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި، ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަޢޫދީ ސަރުކާރުން އަޅާ އެންމެހައި ފިޔަވަޅުތަކަކަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލާފައެވެ.
ގުޅުންހުރި

ޖަޕާނުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް 1 މިލިއަން ޑޮލަރ

ސައޫދީގެ އާންމުން ދިރިއުޅޭ ތަންތަނަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އިރާނުގެ ސުޕްރީމް ލީޑަރުގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ ޕްރޮޓޮކޯލްގެ ބަދަލަކާ ގުޅިގެން!
.jpg&w=3840&q=75)



