logoEN
WAMCO TOP 1
ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން ދިވެހި ފުލުހުންނަށް ތަމްރީނު ހޯދަން މަޝްވަރާކޮށްފި

ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން ދިވެހި ފުލުހުންނަށް ތަމްރީނު ހޯދަން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

7/14/2026, 5:55:49 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ އަލްޤަޙްތާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ބޭއްވުނު މި ބައްދަލުކުރެއްވުމަކީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހި ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ތަމްރީނުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންނެވެ. އެގޮތުން، ސައުދީގެ މަޝްހޫރު ކިންގް ފަހުދު ސެކިއުރިޓީ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީނުތަކާ މެދު ދެބޭފުޅުން ސާފު މަޝްވަރާތަކެއް ކުރެއްވިއެވެ.

މީގެ އިތުރުން، ކުށް ތަހުގީގުކުރުމުގެ ދާއިރާއާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ސައުދީގެ އެހީތެރިކަން ހޯދުމާމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އޮތް އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި ސަލާމަތީ ދާއިރާއިން އެކުގައި މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC