logoEN
WAMCO TOP 1
ވޯލްޑް ކަޕްގެ ހޮޓް ޕިންކް!

ވޯލްޑް ކަޕްގެ ހޮޓް ޕިންކް!

ސާރާ އަހުމަދު

logo

6/22/2026, 2:34:05 PM

# ވޯލްޑް ކަޕް 2026

--

މިއަހަރުގެ ވޯލްޑް ކަޕް ބަލާ ކޮންމެ ސަޕޯޓަރަކަށް ވެސް އެއް ކަމެއް ޔަގީނުން ވެސް ފާހަގަކުރެވޭނެއެވެ. އެއީ ދަނޑުމަތިން ފެންނަ ގަދަ ފިޔާތޮށި ނުވަތަ "ހޮޓް ޕިންކް" ކުލައެވެ.

THE TRAVELLER AD

ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗްގެ ޖާރޒީން ފެށިގެން، ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ ބައްދަލުކުރި މެޗުގެ ރެފްރީންގެ ޖާރޒީއާއި، ކުޅުންތެރިން އަރައިގެން ތިބި ބޫޓުތަކުން ވެސް ފެންނަނީ މި ކުލައެވެ.

undefined

ނައިކީ، އެޑިޑާސް، ޕޫމާ އަދި ނިއު ބެލެންސް ފަދަ ބޮޑެތި ބްރޭންޑްތަކުން މި މުބާރާތަށް ނެރުނު ބޫޓުތަކުގައި މި ކުލަ ވަނީ ވަރަށް ގަދައަށް ބޭނުންކޮށްފައެވެ. ޖީ.ކިއު މެގަޒިންއިން ބުނިގޮތުގައި "މިހާރު ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ފިޔާތޮށި ކުލައެވެ. އެއްފަހަރު ފާހަގަވުމަށްފަހު ދެން އެކަމަށް ލޯ ނުދީއެއް ނުހުރެވޭނެއެވެ."

undefined

ޓްރެންޑް ފޯކާސްޓްކުރާ މާހިރުން ބުނާގޮތުގައި، 2023 ވަނަ އަހަރު އައި "ބާބީކޯ" ޓްރެންޑަށްފަހު، މި ގަދަ ފިޔާތޮށި ކުލަ ނުވަތަ "އިލެކްޓްރިކް ފޫޝިއާ" އަކީ މިހާރު އެންމެ މަޝްހޫރު އެއް ކުލައެވެ.

ފުޓްބޯޅަ ބްރޭންޑްތަކުން މި ކުލަ ބޭނުންކުރާ ސަބަބަކީ، މިހާރުގެ ޒުވާނުން މެޗުތައް ބަލަނީ ފޯނުން ކަމަށްވާތީ، ދަނޑުގެ ފެހިކުލައިގެ ތެރެއިން މި ކުލަ ވަރަށް ފަސޭހައިން ލޮލުގައި އަޅައިގަންނާތީއެވެ. މިއީ ބްރޭންޑިންގް އިޝްތިހާރުކުރަން ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.

ގިނަ ބަޔަކު ހީކުރަނީ ފިޔާތޮށި ކުލައަކީ ހަމައެކަނި އަންހެނުންގެ ކުލައެއްގެ ގޮތުގައެވެ. ނަމަވެސް ފުޓްބޯޅައިގައި މި ކުލަ ބޭނުންކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

2020 ވަނަ އަހަރުގެ ރިޕޯޓްތައް ދައްކާގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގައި ކަޅުކުލައިގެ ބޫޓަށްވުރެ ފިޔާތޮށި ކުލައިގެ ބޫޓަށް އަރައިގެން ކުޅުންތެރިން ޖެހި ގޯލުގެ އަދަދު މާ ގިނައެވެ.

މީގެ އިތުރުން އާސެނަލް އާއި އިންޓަ މިއާމީ ފަދަ ކްލަބްތަކުން ވެސް ވަނީ ފިޔާތޮށި ކުލައިގެ ޖާޒީ ބޭނުންކޮށްފައެވެ. ޚާއްސަކޮށް 2023 ވަނަ އަހަރު ލިއޮނަލް މެސީ އިންޓަ މިއާމީގެ ފިޔާތޮށި ޖާޒީގައި ފެނުމުން، އެ ޖާޒީ ދުނިޔެއަށް ވަރަށް ބޮޑަށް މަގުބޫލުވެ، ވަގުތުން ޖާޒީ ވިކިހުސްވިއެވެ.

undefined

ނައިކީ ފުޓްބޯޅަ ބޫޓުގެ ޑިރެކްޓަރު އޮޑިންގާ ނިމާކޯ ބުނިގޮތުގައި، ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި މިފަދަ ގަދަ އަދި ލޮލުގައި އަޅައިގަންނަ ކުލައެއްގެ ބޫޓަށް އަރަންވާނީ ކުޅުމުގެ ހުނަރު ވެސް އެވަރަށް ހުރެގެންނެވެ. އެހެންކަމުން މިއީ ކުޅުންތެރިޔާގެ އިތުބާރު ދައްކައިދޭ ކަމެކެވެ.

ވެސްޓްމިންސްޓާ ޔުނިވަރސިޓީގެ ޕްރޮފެސަރ އެންޑްރޫ ގްރޯވްސް ވިދާޅުވާގޮތުގައި، ފުޓްބޯޅައިގައި މި ކުލައިގެ ތާރީޚު ވަރަށް ކުރިއަށް ދެއެވެ. އެގޮތުން 1892 ވަނަ އަހަރު އެވަަޓަން ކްލަބުން ވެސް ފިޔާތޮށި ކުލައިގެ ކިޓެއް ބޭނުންކުރިއެވެ. އަދި 20 ވަނަ ގަރުނުގެ ކުރީކޮޅުގައި ފިޔާތޮށި ކުލައަކީ ފިރިހެން ކުދިންގެ ކުލައެއްގެ ގޮތުގައި ބެލެވުނު ކުލައެކެވެ.

މިއަދުގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ހަމައެކަނި ކުޅުންތެރިންނެއް ނޫނެވެ. އެއީ އަމިއްލަ ބްރޭންޑްތަކެކެވެ. "ހޮޓް ޕިންކް" ކުލަ ބޭނުންކުރުމުން އެމީހުންގެ ހަކަތަ އާއި ޖޯޝް ދަނޑުމަތިންނާއި ސްކްރީނުން މާ ފާޅުކަން ބޮޑުކޮށް ފެނިގެންދެއެވެ.

ކޮމެންޓް
ފަހުގެ
HDC