
ސްކޫލުގެ އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ސްކޫލުން ބޭރު ކަންކަން ރޭވުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
# އެޑިއުކޭޝަން މިނިސްޓަރސްކޫލެއްގައި ދަރިވަރުން
ސްކޫލުގެ އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ސްކޫލުން ބޭރު ކަންކަން ރޭވުމަށް މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އަމާޒަކަށް ވާންވާނީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމަށް ބަރޯސާވެވޭ މިންވަރަށް އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ. އަދި ހަމައެކަނި ޓިއުޝަނާއި އުނގެނުމުގައި ދަރިވަރުންގެ ވަގުތުތައް ނަގާލުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ފޯރާކަމެއް ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ދަރިވަރުންގެ ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމާއި، ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ދަރިވަރުންނަށް އެންމެ ރަނގަޅުގޮތްކަމަށް ދިރާސާތަކުގެ އަލީގައި ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންގެ އުނގެނުމަށް އަމިއްލައަށް ޒިންމާދާރުވުމަކީ ދަރިވަރުންނަށް އުނގެނުމުގެ އުކުޅުތައް ފަސޭހައިން ދަސްވުމާއި އުނގެނުމުގައި ދަރިވަރުން ދެމިތިބުމަށް އެޅޭ ބާރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ގްރޭޑް 1-12 ގެ ކިޔެވުމަށް މިހާރަށް ވުރެ ބޮޑަށް ޒިންމާވާންޖެހޭ ކަމަށާއި ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިން އައުޓްކަމްސްގެ ނަތީޖާތަކަށް ބަލާއިރު، މިހާރު ހޯދާ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުން ހޯދާ ނަތީޖާއާއި ދަރިވަރުން ކިޔެވުމަށް ބަަހައްޓާ ޝައުގުވެރިކަމާއި ގުޅިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.މަތީ އަރުތަވެރިންގެ އިނާމު 2025 ކުރިއަށް ދަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. މިއަދު އިނާމްދިނުމުގެ 3 ދަންފަޅި އަދި މާދަމާ 2 ދަންފަޅިއަށް ބަހާލައިގެން އިނާމްދިނުން ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ސްކޫލުގެ އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ސްކޫލުން ބޭރު ކަންކަން ރޭވުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި

ޖީ.ޕީ.އީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވައިފި




