logoEN
WAMCO TOP 1
ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި

ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި

# އެޑިއުކޭޝަން މިނިސްޓަރ# ސިވިލް ސާވިސް މުވައްޒަފުން

ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ހަފްލާގެ ތެރެއިން

މި އަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި އެވެ.

THE TRAVELLER AD

މިކަމަށް ބޭއްވި ހާއްސަ ހަފްލާގައި ކޮންފަރެންސް ފައްޓަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއު އެވެ. މިއީ ސިވިލް ސާވިސްގެ މަސައްކަތާއި ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންމެ 2 އަހަރުން އެއްއަހަރު ބާއްވާ ކޮންފަރެންސް އެކެވެ.

މިއަހަރުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް މުޙައްމަދު މުޖުތާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަސައްވުރާއެކު ސިވިލް ސަރވިސްގެ ޚިދުމަތްތައް ބޮޑު ބަދަލެއް އަންނާނެކަމެއް ކަމަށެވެ.

އެގޮތުން މި ކޮންފަރެންސްގެ ތެރޭގައި ސިވިލް ސާވިސްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންދާ ޚިދުމަތްތައް ހަރުދަނާކުރުމަށް ޓެކްނޮލޮޖީގެ އެހީގައި ގެނެވޭނެ ބަދަލުތަކާއި މިހާރު ދިމާވަމުންދާ މައްސަލަތަކާއި ގުޅެގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

"މިބާއްވާ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާގެ އަލީގައި އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދޭ ސިވިލް ސަރވިސްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވިގެންދާނެކަމަށް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމަށްވެސް މަޝްވަރާކުރެވޭނެކަމަށް އުއްމީދުކުރަނީ" މުޖުތާޒް ވިދާޅުވިއެވެ.

މުޖުތާޒު ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން މުސާރައިގެ ކުރިއެރުން އައިސްފައިނުވާ އެތައް ސިވިލް ސާވަންޓުންގެ މުސާރައިގެ ކުރިއެރުން މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދީފައިވާ ކަމަށެވެ.

ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސަކީ މިފަދަ 5 ވަނަ ކޮންފަރެންސެވެ. މިއަހަރުގެ ކޮންފަރެންސްގައި 8 ދާއިރާއަކުން 18 ދިރާސީ ކަރުދާސްވަނީ ހުށައަޅާފައެވެ. މިފަދަ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ 2014 ވަނަ އަހަރުގައެވެ. ފުރަތަމަ ކޮންފަރެންސްގައި 80 އެއްހާ ސިވިލް ސާވަންޓުން ބައިވެރިވެފައިވާއިރު މިއަހަރުގެ ކޮންފަރެންސްގައި 300 އެއްހާ ފަރާތުންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުންވަނީ ބައިވެރިވެފައެވެ.

މިކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ 2026 އިން 2030 ހުގެ ނިޔަލަށް ސިވިލް ސަަވިސްގެ އެކްޝަން ޕްލޭން އިފްތިތާޙްކޮށް، ކޮންފަރެންސްގެ އެބްސްޓްރެކްޓް ފޮތްވަނީ ނެރެފައެވެ.

މިކޮންފަރެންސްގެ އަލީގައި ޤައުމީ ފެންވަރުގައި ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތް ހަރުދަނާކުރުމަށް މަސައްކަތްކުރެވި، މާލެއާއި އަތޮޅުތަކުގައި ތިބޭ މުވައްޒަފުންގެ ފަރަޤުކުޑަކުރެވޭނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. ހަމައެއާއެކު އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރެވޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC