logoEN
WAMCO TOP 1
ރައީސް އެދިވަޑައިގަތީ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤު ބަސް ފެތުރުމަށް

ރައީސް އެދިވަޑައިގަތީ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤު ބަސް ފެތުރުމަށް

# ސިޔާސީ# ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު # ލިޔުންތެރިންގެ ދުވަސް

ފޮޓޯ: ރައީސް އޮފީސް

ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ޙައްޤު ބަސް ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

THE TRAVELLER AD

ރައީސް މިކަމަށް އެދިވަޑައިގަތީ ދިވެހިރާއްޖޭގެ 34ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ރައީސް ވަނީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި އެންމެހައި ލިޔުންތެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ރައީސްގެ ޕޯސްޓުގައި ވަނީ ‏މާތްވެގެންވާ އިސްލާމްދީނަކީ، އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް، ޙައްޤުބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އަދި ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ‏ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށްވުމަށްވެސް އެދިވަޑައިގެންފައެވެ.

‏ރައީސްގެ ޕޯސްޓު ނިންމަވާލެއްވީ ދިވެހި ޤައުމުގެ އެހާރާއި މިހާރުގެ ލިޔުންތެރިންގެ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.

މި އަހަރުގެ ލިޔުންތެރީންގެ ދުވަހުގެ ޝިޢާރަކީ އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާއެވެ.

ކޮމެންޓް
ފަހުގެ
HDC