
މޭސަނަކާއި ފަހާ މީހެއްގެ ވިސާގައި ތިބެ ހުޅުމާލޭގައި ކުނި އުކަން އުޅުނު ދެ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައިގެން އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، 2026 ޖުލައި 6 ވަނަ ދުވަހުގެ ހެނދުނު 8:45 އެހައިކަންހާއިރުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ. މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކުއެވެ.
މި ދެ މީހުންނަކީ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެކެވެ.
އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ގުޅުންހުރި

ފުލުހުންގެ 42 ވަނަ އަސާސީ ކޯހުގެ 140 ދަރިވަރުންނަށް ޖިންސީ ފުރައްސާރައިގެ ގާނޫނުގެ މައުލޫމާތު ދީފި
%20(1).webp&w=3840&q=75)
ކްރެޑިޓް އުސޫލުން ފުލުހުންނަށް އެއަރ ޓިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދޭނެ "ވެންޑަރ ޕޫލް" ގައި ރަޖިސްޓްރީވާން ހުޅުވާލައިފި




