logoEN
WAMCO TOP 1
މާފުށްޓަށްފަހު ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް!

މާފުށްޓަށްފަހު ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް!

އަހުމަދު ޝުރާއު

logo

6/24/2026, 9:19:44 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

-

ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، މަނާ ތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހުޅުމާލެ ޖަލު ބަލައި ފާސްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

THE TRAVELLER AD

ކަރެކްޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ޖަލުތަކަކީ ކުށްތަކުން ސަލާމަތްވެފައިވާ އަމާން ތަންތަނަށް ހެދުމަށްޓަކައި ފުލުހުންގެ ބޮޑު އެހީތެރިކަމަކާއެކު ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގާ އޮޕަރޭޝަނެކެވެ.

ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަނަލް ސާވިސްއިން އަދި ހާމައެއް ނުކުރެއެވެ.

މި އޮޕަރޭޝަން ހުޅުމާލެ ޖަލުގައި މިއަދު ފަށާފައިވާއިރު، މިދިޔަ ހޯމަ ދުވަހު ކަރެކްޝަނާއި ފުލުހުން ގުޅިގެން ވަނީ މާފުށީ ޖަލުގައިވެސް ވަރަށް ބޮޑު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައެވެ.

ޖަލުތަކުގައި ތިބޭ ގައިދީން މެދުވެރިކޮށް މުޖުތަމައުގެ ތެރޭގައި އެކިކަހަލަ ސްކޭމްތައް ކުރުމާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގުމުގެ އިތުރުން، ޖަލަށް ފޯނާއި މަސްތުވާތަކެތި ފަދަ މަނާ ތަކެތި ވެއްދުމުގެ މައްސަލަތައް ބޮޑުވެފައިވާތީ، މީގެ ކުރިންވެސް މިފަދަ ވަރުގަދަ އޮޕަރޭޝަންތައް ޖަލުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ޖަލުތަކުގެ ސެކިއުރިޓީ ނިޒާމު މިހާރަށްވުރެ ޒަމާނީކޮށް ވަރުގަދަކުރުމަށާއި، ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖަލަށް ސިއްރިއްޔާތުގައި އެއްޗެހި އެތެރެކުރުން ހުއްޓުވުމަށް އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ އެންމެ ޒަމާނީ ސްކޭނަރެއް ބަހައްޓައި، އޭގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ.

ކޮމެންޓް
ފަހުގެ
HDC