logoEN
WAMCO TOP 1
ނޭކުރެންދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރަން 400 ކިލޯވޮޓްގެ ޖެންސެޓްގެ ކޭބަލްތައް އާކުރުމުގެ މަސައްކަތް ފަށައިފި

ނޭކުރެންދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރަން 400 ކިލޯވޮޓްގެ ޖެންސެޓްގެ ކޭބަލްތައް އާކުރުމުގެ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

7/1/2026, 3:47:56 PM

# ފެނަކަ ކޯޕަރޭޝަން

-

ހދ. ނޭކުރެންދޫ އިންޖީނުގޭގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ ރަށު އިންޖީނުގެއަށް ބޭނުންތެރި މުހިންމު ބަދަލެއް ގެނައުމުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

ފެނަކައިން މިކަން ހާމަކޮށް މިއަދު ބުނީ އެ ރަށު އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ 400 ކިލޯވޮޓްގެ ބޮޑު ޖެންސެޓާއި އޭގެ ކޮންޓްރޯލް ޕެނަލްއާ ދެމެދު ގުޅާލެވިފައިވާ މައި ކޭބަލްތައް މުޅިން އާކުރުމުގެ މަސައްކަތް މިހާރު ފެށިގެން ބާރުދުވެލީގައި ކުރިޔަށްދާކަމަށެވެ.

މި މަޝްރޫޢަކީ ނޭކުރެންދޫގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ފަންނީ ގޮތުން ދިމާވާ ދަތިތަކަށް ދާއިމީ އަދި ދިގު މުއްދަތުގެ ހައްލެއް ހޯދުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

ބައުވެފައިވާ ކޭބަލްތަކުގެ ސަބަބުން ކަރަންޓު ކެނޑުމާއި، އިންޖީނަށް ދިމާވާ ޓެކްނިކަލް މައްސަލަތަކަށް މި ބަދަލާއެކު ނިމުމެއް އަންނާނެ ކަމަށް ދެނަކައިން މަޢުލޫމާތު ދެއެވެ.

މި ގެނެވޭ ބަދަލާއެކު، 400 ކިލޯވޮޓްގެ ޖެންސެޓުން އުފައްދާ ހަކަތަ އެއްވެސް އިސްރާފެއް ނެތި، އެންމެ ފުރިހަމަ ގޮތުގައި ރަށުގެ ކަރަންޓު ވިއުގައަށް ފޯރުކޮށްދިނުމަށް ބޮޑު މަގުފަހިވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރަށުގެ ގޭބިސީތަކަށާއި، އޮފީސް އިދާރާތަކަށް އަދި ވިޔަފާރިތަކަށް ކަރަންޓުގެ ޚިދުމަތް އިތުރަށް އިތުބާރުހުރި، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން އިންޖީނުގެއަށް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC