logoEN
WAMCO TOP 1
ހުޅުދުއްފާރުގެ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ޕެނަލް ބޯޑު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް!

ހުޅުދުއްފާރުގެ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ޕެނަލް ބޯޑު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

6/29/2026, 9:54:38 AM

# ފެނަކަ ކޯޕަރޭޝަން

-

ރ. ހުޅުދުއްފާރުގެ ކަރަންޓުގެ ޚިދުމަތް ތަރައްޤީކޮށް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ރަށު ފެނަކަ ބްރާންޗުގެ ޕެނަލް ބޯޑު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ރަސްމީކޮށް ފަށައިފި އެވެ.

THE TRAVELLER AD

މި މަޝްރޫޢަކީ ރަށުގެ ކަރަންޓު ނެޓްވޯކްގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެ ކުންފުނިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ފެނަކައިން މައުލޫމާތު ދޭ ގޮތުގައި، އިންޖީނުގޭގެ ޕެނަލް ބޯޑަށް ގެނެވޭ މި ބަދަލާއެކު، އިންޖީނުގެއިން އުފައްދާ ހަކަތަ މެނޭޖްކުރުމަށާއި، ރަށުގެ އެކި ސަރަހައްދުތަކަށް ކަރަންޓު ބެހުމުގެ ނިޒާމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ކަރަންޓު ވިއުގައަށް ދިމާވާ މައްސަލަތައް މަދުވެ، މުޅި ނެޓްވޯކްގެ ރައްކާތެރިކަން މިހާރަށްވުރެ އެތައް ގުނައެއް ވަރުގަދަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތް އެއްކޮށް ފުރިހަމަވުމުން، ހުޅުދުއްފާރުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރަށް ބޮޑު ކުރިއެރުމެއް އައިސް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ރަށުގެ އާބާދީއަށާއި އިގްތިސާދީ މަސައްކަތްތަކަށް އަންނާނެ ކުރިއެރުންތަކަށް ބަލައި، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

ފެނަކަ ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން ހުޅުދުއްފާރުގައި މިހާރު ފަށާފައިވާ މަސައްކަތްތައްވެސް ވީހާވެސް އަވަހަކަށް ނިންމާލައި، ރައްޔިތުންނަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ އެ ކުންފުނީގެ ބޮޑު އަމާޒެކެވެ.

ކޮމެންޓް
ފަހުގެ
HDC