logoEN
WAMCO TOP 1
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން ތައިލެންޑުގެ ފަންނީ އެހީ ހޯދުމަށް ސަފީރާއި މަޝްވަރާކޮށްފި

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން ތައިލެންޑުގެ ފަންނީ އެހީ ހޯދުމަށް ސަފީރާއި މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

7/1/2026, 3:40:46 PM

# ތިމާވެށި

-

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ ގައުމީ މަސައްކަތްތަކުގައި ތައިލެންޑް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން އިތުރަށް ހޯދުމާ ގުޅޭގޮތުން، މިނިސްޓަރު ޢަލީ ޝަރީފް، ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ފުއާދު ތައުފީޤާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ތިމާވެށީގެ އެކި އިސްނެގުންތަކަށާއި މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ އަދި އިލްމީ އެހީތެރިކަން ތައިލެންޑުގެ ފަރާތުން ހޯދިދާނެ ގޮތްތަކަށެވެ.

މިނިސްޓަރު ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ތައިލެންޑަކީ ތިމާވެށީގެ އެކި ދާއިރާތަކުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، އަދި ތިމާވެށީގެ ސައިންސްގެ ރޮނގުން އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ތަޖުރިބާކާރު ޤައުމެކެވެ. އެހެންކަމުން، އެ ޤައުމުގެ ކާމިޔާބު ތަޖުރިބާއާއި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރާއްޖޭގެ ތިމާވެށީގެ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދިވެހި މުވައްޒަފުން ތަމްރީނުކުރުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެކެވެ.

މި ބައްދަލުވުމަކީ ކުރިއަށް އޮތް ތަނުގައި ވަރަށް ކާމިޔާބު އަދި އަމަލީ ނަތީޖާ ނެރެވޭނެ ފަދަ ފުޅާ މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ބޭރުގެ އެހީތެރިކަން ހޯދުމުގައި ސަފީރު މެދުވެރިކޮށް ތައިލެންޑް ސަރުކާރާއެކު ސީދާ މުއާމަލާތްތައް އަވަސްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC