logoEN
PNC TOP 3
މިދިޔަ މަހު މުަދަލު ޒަކާތުގެ ގޮތުގައި 11 މިލިއަން ރުފިޔާ: މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދެގުނަ އަދަދެެއް!

މިދިޔަ މަހު މުަދަލު ޒަކާތުގެ ގޮތުގައި 11 މިލިއަން ރުފިޔާ: މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދެގުނަ އަދަދެެއް!

# މުދަލު ޒަކާތް# މީރާ

މީރާ

މިދިޔަ މަހުގައި މުދަލު ޒަކާތުގައި ގޮތުގައި ދައުލަތައް ލިބުނު މިންވަރަށްވުރެ ދެ ގުނަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

PNC MID 2

މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެކަނި މުދަލު ޒަކާތު ގޮތުގައި 11،853،554 ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތައް ލިބުނު 5،939،935 ރުފިޔާއާ އަޅާ ބަލާއިރު، 99.5 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 17,909,069 ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ.

މިދިޔަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައިވާއިރު، މިކަމާ ގުޅިގެން ދިވެހި ޒަކާތު ހައުސްއިން ބުނީ މި މުއްދަތުން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90ރ ކަމަށެވެ. އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގަ އެވެ.

ބާޒާރުގައި ރަނާއި، ރިހި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިންނެވެ.

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ، ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައި ލެވޭނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC