logoEN
WAMCO TOP 1
ދިފާއީ ވުޒާރާއާއި އެމްއެންޑީއެފްގެ އިސްވެރިން ދިޔަމިގިލީ ކައުންސިލާ އެކު މުހިންމު މަޝްވަރާތަކެއް ކުރިޔަށްގެންގޮސްފި

ދިފާއީ ވުޒާރާއާއި އެމްއެންޑީއެފްގެ އިސްވެރިން ދިޔަމިގިލީ ކައުންސިލާ އެކު މުހިންމު މަޝްވަރާތަކެއް ކުރިޔަށްގެންގޮސްފި

އަހުމަދު ޝުރާއު

logo

6/29/2026, 3:52:40 PM

# ދިޔަމިގިލި

-

ތ. ދިޔަމިގިލީގައި ދިފާއީ ވުޒާރާއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން ހިންގަމުންދާ އެކި މަޝްރޫޢުތަކުގެާ ގުޅޭގޮތުން އެ ރަށު ކައުންސިލާއެކު މިއަދު ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

THE TRAVELLER AD

ދިފާއީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ދިޔަމިގިލީގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައި އެވެ.

މި ބައްދަލުވުމުގެ ތެރެއިން އެންމެ ޚާއްސަ އިސްކަމެއް ދެވުނީ ދިޔަމިގިލީގައި އަލަށް އިމާރާތްކުރާ ސްކޫލުގެ މަސައްކަތްތަކަށެވެ. އެގޮތުން އެ ސްކޫލް އިމާރާތްކުރުމަށް އެމް.އެން.ޑީ.އެފް.ގެ ސިފައިން ކުރަމުންދާ އަމަލީ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި، އެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި ދަރިވަރުންނަށް ޚިދުމަތް ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.

މީގެއިތުރުން، ދިޔަމިގިލީ ކައުންސިލާއި ދިފާއީ ވުޒާރާއާއި އެމް.އެން.ޑީ.އެފް ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހިންގިދާނެ ތަފާތު އިޖުތިމާއީ އަދި ތަމްރީނީ ޙަރަކާތްތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މި މުހިންމު ބައްދަލުވުމުގައި ދިފާއީ ބާރުގެ އިސްވެރިންނާއި ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ފާޠިމަތު މިޒްނާ ޢަލީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ތ. ދިޔަމިގިލީ ކައުންސިލްގެ ރައީސް، އަޙްމަދު މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC