logoEN
WAMCO TOP 1
ދިޔަމިގިލީ ފިޓްނެސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

ދިޔަމިގިލީ ފިޓްނެސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

9/25/2025, 2:26:00 PM

# ދިޔަމިގިލި

-

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުން ތ ދިޔަމިގިލީގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

THE TRAVELLER AD

އެ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ތ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިޔަމިގިއްޔަށް މިއަދު ކުރެއްވި ޒިޔާރަތުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ދިޔަމިގިލީގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރާއި އާއި ކައުންސިލްގެ ރައީސެވެ.

ދިޔަމިބިލީގައި ޤާއިމްކުރެވޭ މި އެފްއާރުސީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ޚިދުމަތްތަކުގެ ތެރޭގައި އިންޑޯ ޖިމްގެ ޚިދުމަތާއި، އެރޮބިކްސް ފަދަ ކަސްރަތު ޕްރޮގްރާމްތައް ހިމެނެއެވެ. މީގެ އިތުރުން ބޯޑު ގޭމްތައް ކުޅެވޭނެ އިންތިޒާމުވެސް މި ސެންޓަރުގައި ހަމަޖެހިގެންދާނެއެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC